Post banner
ރާއްޖެ

ކައުންސިލްތަކުގެ ބިންތައް އަތުލާ އިސްލާޙާއި ދެކޮޅަށް ހުށައެޅި ޕެޓިޝަން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކައުންސިލްތަކުގެ ބިންތައް އަތުލާ އިސްލާޙާއި ދެކޮޅަށް ހުށައެޅި ޕެޓިޝަން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމް --

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނަށް އިސްލާޙް ގެނެސް ސަރުކާރުން ބޭނުންވެއްޖެނަމަ ބިންތައް އަތުލެވޭ ގޮތަށް، ތުޅާދޫ ދާއިރާ މެންބަރު ޢަބްދުލްޙައްނާން ސްޕޮންސާކޮށް ހުށަަހަޅާފައިވާ އިޞްލާހު ގެނައުމުގެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާއި، ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ޕެޓިޝަން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މި ޕެޓިޝަނަށް ބަހުސް ކުރުމަށް އެޖެންޑާ ކޮށްފައި ވަނީ، 23 އޮގަސްޓް 2026ވާ އާދީއްތަ ދުވަހު (މާދަމާ) އޮންނަ ރައްޔިތުންގެ މަޖިލީހުގެ، 6 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 27 ވަނަ ޖަލްސާއަށެވެ.

މިޕެޓިޝަނަކީ، ސ. މަރަދޫ ފޭދޫ، އައްސޭރި، މިދުޢަމް ސަޢުދު ހުށައަޅުއްވާފައިވާ ޕެޓިޝަނެކެވެ. މިޕެޓިޝަނުގައި، 2307 މީހުން ސޮއިކޮށްފައި ވެއެވެ.

ބިލް އަނބުރާ ގެންދިޔުމަށް ގޮވާަލައި، ހުށައެޅި ޕެޓިޝަންގައި ބުނެފައި ވަނީ، އެ އިޞްލާހުގައި ހުށަހަޅާފައިވާ ކަންކަމުގެ އާހިރު ނަތީޖާ އަކީ ރައްޔިތުންގެ ވޯޓަކުން ހޮވާ ކައުންސިލަރުންގެ ބާރު ކެނޑި އެބާރު ވަޒީރުންގެ މަޖިލީހަށް ލިބުމެވެ. އަދި އެއާއެކު މި އިސްލާހު ތަކުން ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކާއި ދެކޮޅު ހަދާކަމަށް ނުވަތަ  އެއްބާރުލުން ނުދޭ ކަމަށް ބުނެ ރައްޔިތުން ތަމްސީލު ކުރަން ވޯޓަކުން ހޮވާފައިވާ ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ފުރުސަތު ލިބުން ކަމަށެވެ.. އަދި ރައްޔިތުންގެ ފަރާތުން ކަންކަމުގައި ބަސްބުނުމުގެ ހައްގުވެސް ހަނިވެދެއެވެ. ވީމާ ހުށަހެޅިފައި މިވާ އިޞްލާހު ތަކަކީ ލާމަރުކަޒީ ޤާނޫނު އަދި އެ ޤާނޫނޫގެ ރޫހާއި ހިލާފު އަދި ބާރު އެބައެއްގެ ފަރާތުން ފެށިގެން އަންނަ ރައްޔިތުންގެ ބާރު ހަނި ކުރާނެ އިޞްލާހު ތަކަކަށް ވާތީވެ މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލާކަމަށްވެސް ޕެޓިޝަންގައި ބުނެފައި ވެއެވެ.

މިދުއަމް މި ޕެޓިޝަން ހުށައެޅުމާއިކު، މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެނެސް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ، އިސްލާޙް ހުށައަޅާފައި އޮތް ގޮތަށް ފާސްކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައެވެ. ސަރުކާރު އަޑީގައި އޮވެގެން، ކުންފުނިތަކުގެ މުވައްޒަފުންނަށް ނުފޫޒު ފޯރުފައި އެޕެޓިޝަންގައި މިހާރު ވަނީ، 10،000 ވުރެ ގިނަ މީހުން ލައްވައި ސޮއިކުރުވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް