އައްޑޫ ސިޓީ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ކުރިޔަށްދާ ގޮތް އުއްތަމަ ފަނޑިޔާރު ބައްލަވައިލައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ---
އައްޑޫ ސިޓީގައި އިމާރާތް ކުރަމުންދާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ކުރިޔަށްދާ ގޮތް، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ބައްލަވައިލައްވައިފިއެވެ.
އުއްތަމަ ފަނޑިޔާރު، އައްޑޫ ސިޓީގައި އިމާރާތް ކުރަމުންދާ ކޯޓު ކޮމްޕްލެކްސް އިމާރަތްކުރާ ސައިޓަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދުވެސް ވަޑައިގެންނެވިއެވެ.
އައްޑޫގައި އިމާރާތް ކުރާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ކުރަމުންދަނީ، އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލު ކުރައްވައިގެންނެވެ. 123 މިލިޔަން ރުފިޔާއަށް އެކުންފުންޏާއި މަސައްކަތް ހަވާލުކޮށްފައި ވަނީ 11 މެއި 2023 ގައެވެ. މިއީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ޑިސްޓްރިކްޓް ކޯޓުތަކުގެ ތެރެއިން އިމާރާތް ކުރެވޭ ފުރަތަމަ ކޯޓު ކޮމްޕްލެކްސްއެވެ.
ކޯޓު ކޮމްޕްލެކްސް އަކީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ޑިސްޓްރިކްޓް ކޯޓުތަކުގެ ތެރެއިން އިމާރާތްކުރަންފެށި ފުރަތަމަ ކޯޓު ކޮމްޕްލެކްސްއެވެ.
އައްޑޫ ސިޓީއަށް، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދާއި، އެ ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ވަޑައިގެންނެވީ، އައްޑޫ ސިޓީގެ ކޯޓުތަކުގެ ހާލަތު ބެއްލެވުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިދަތުރުފުޅުގައި އެބޭފުޅުން ވަނީ، އައްޑޫގައި ހުރި މެޖިސްޓްރޭޓް ކޯޓުތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި ބައްދަލުކުރައްވައި، ހާލަތު އޮޅުންފިލުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް