އެއަރޕޯޓް ކްރައިސިސް މެނޭޖްމަންޓާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެއަރޕޯޓް ކްރައިސިސް މެނޭޖްމަންޓާ ގުޅޭ ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޕޮލިސް
އެއަރޕޯޓް ކްރައިސިސް މެނޭޖްމަންޓާ ގުޅޭ ފަހުމުނާމާއެއްގައި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިއަދު ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އެއަރޕޯޓްސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ.
މި ފަހުނާމާއަކީ ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުއްލި ހާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރަށް ހަރުދަނާކުރުމުގެ އިތުރުން ކުއްލި ހާލަތްތަކުގައި މުއާމަލާތުކުރުން ހަރުދަނާކުރުމާއި އަވަސް އަދި ފައިދާހުރިގޮތެއްގައި އިޖާބަ ދިނުމުގެ ގޮތުން ސޮއިކުރެވިގެންދިޔަ އެއްބަސްވުމެއް ކަމުގައި ފުލުުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް