ބުދަ ދުވަހުން ފެށިގެން ދަތުރުކުރެވޭނީ ފެރީ ޓިކެޓް ގަނެގެން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ނިލަންދެ އަތޮޅުގައި ފަށާފައިވާ އާރްޓީއެލްގެ ޚިދުމަތް ބޭނުންކުރައްވާ ފަރާތްތަކުން އަންނަ ބުދަ ދުވަހުން ފެށިގެން ޓިކެޓް ގަންނަން ޖެހޭނެ ކަމުގައި ފެރީގެ ޚިދުމަތް ދެމުން އަންނަ ސަރުކާރުގެ ކުންފުނި އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ، ނިލަންދެއަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށް ފަހުގައި، އަޖުމަބެލުމުގެ ގޮތުން ކަސްޓަމަރުންނަށް 1 ހަފްތާ ވަންދެން ހިލޭ ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިދީފައި އޮތް މުއްދަތު މާދަމާގެ ނިޔަލަށް ނިމޭނެ ކަމަށެވެ. އެހެންކަމުން 25 ފެބުރުއަރީ 2025ވާ ބުދަ ދުވަހުން ފެށިގެން، ފ އަތޮޅާއި ދ އަތޮޅުގައި ދެމުން އަންނަ އާރްޓީއެލް ފެރީގެ ޚިދުމަތް ހޯދުމަށް ޓިކެޓް ނަގަން ޖެހޭނެ ކަމުގައި އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.
ޓިކެޓް ނެންގެވުމަށް އާރްޓީއެލް ވެބްސައިޓާއި، އާރްޓީއެލް ޓްރެވަލް އެޕް ބޭނުންކުރެވޭނެ ކަމުގައިވެސް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.
ނިލަންދެ އަތޮޅުގައި، އާރްޓީއެލްފެރީގެ ޚިދުމަތް ފަށާފައި ވަނީ، މި ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް