މައްކާގައި ދިވެހިން ތިބޭ ހޮޓާތައް ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަލިފާން ރޯވި އިމާރާތުން ދުން އަރަނީ --- ފޮޓޯ: ރައްޔިތުންގެ ނޫހުގެ ކިޔުންތެރިއެއް
މައްކާގައި ދިވެހިން ތިބޭ ހޮޓާތައް ހުންނަ އަޖިޔާދު މަގުގެ އިމާރާތެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އަލިފާނުގެ މިހާދިސާ ހިނގާފައި ވަނީ މައްކާއަށް މިއަދުގެ އިރުއޮއްސުނު ވަގުތުގައެވެ. އަލިފާނުގެ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
މައްްކާގައި ހުރި މީހެއްގެ ފަރާތުން މަޢުލޫމާތު ލިބުނު ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ، އަޖިޔާދު މަގުގައި ހުންނަ ސުޢޫދު ހޮޓެލް އާއި މީރާ މޯލް ހުންނަ ބިލްޑިން ދޭތެރޭގައި އޮންނަ ހަނި ގޯޅި ތެރޭގައި ހުރި ޝަވަރުމާ ވިއްކާ ތަނެއްގެ ތެރޭގައެވެ. އަލިފާން ރޯވެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޢިމާރާތަށް ފެތުރިގެން ދިޔަ ނަމަވެސް، މައްކާގެ ފަޔަރ ފައިޓަރުން ވަނީ ވަރަށް އަވަހަށް އަލިފާން ނިވާލާފައި ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
މިހާދިސާގެ މައުލޫމާތު ދިން ފަރާތަކުން ބުނީ، އަލިފާން ރޯވި ޝަވަރުމާ ވިއްކާ ތަނަކީ، އާއްމުކޮށް ދިވެހިންވެސް ގޮސް އުޅޭ ތަނެއް ކަމަށާއި އަލިފާން ރޯވި ވަގުތުވެސް ޝަވަރުމާ ގަންނަން އެތަނަށް ގޮސް ދިވެހިން ތިބި ކަމަށެވެ.
އަލިފާނުގެ މިހާދިސާ އާއި ގުޅިގެން ދިވެހި އެއްވެސް ޢުމްރާވެރިއަކަށް އަނިޔާއެއް ވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް