ފަސް ދުވަސްތެރޭ 22 ހާހަށްވުރެ ގިނަ ވޭޕް އަތުލައިގެންފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ވޭތުވެދިޔަ 5 ދުވަހުގެ ތެރޭގައި ކަސްޓަމްސްއިން ހިންގި 3 އޮޕަރޭޝަނެއްގައި 22000ވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފައިވާ ކަމުގައި ކަސްޓަމްސްއިން ހާމަކުރައްވައިފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި 3 އޮޕަރޭޝަނުގައި ޖުމުލަ 22،309 ވޭޕް ކާޓްރިޖް ވަނީ އަތުލައިގެންފައެވެ.
ކަސްޓަމްސްއިން ވިދާޅުވީ، ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން، ޖޫން 17 ވަނަ ދުވަހު، މާލޭ ކޮމާޝަލް ހާބަރުގައި ހިންގި އޮޕަރޭޝަނުގައި، ޖުމްލަ 15،601 ވޭޕް ކާޓްރިޖް އަތުލައިގަނެވިފައިވާ ކަމަށެވެ. އެއީ “ޖެނެރަލް ކާގޯ” ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއްގެ ތެރެއިން ފެނުނު ވޭޕް ކާޓްރިޖް ތަކެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
އަދި މިއީ ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ތާރީޚް ކަމަށްވާ 15 ނޮވެންބަރު 2024 ގެ ފަހުން، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސުން ހިފަހައްޓާފައިވާ އެންމެ ބޮޑު ވޭޕް ޝިޕްމަންޓްކަމުގައިވެސް ކަސްޓަމްސްއިން ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް