Post banner
ރާއްޖެ

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި

މާލޭގެ މަގެއްގެ މަތީގައި ފުލުހުން ހަރަކާތްތެރި ވަނީ --- ފޮޓޯ: ޕޮލިސް

ދ. މީދޫގައި، ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލަ އާއި އަދި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލަވެސް ތަޙްޤީޤު ކުރަމުން ގެންދާ ކަމަށެވެ. އެމީހާ ހައްޔަރު ކުރުމާއި ގުޅިގެން މީދޫގެ ބައެއް މީހުން ވަނީ ޕޮލިސް ސްޓޭޝަންދޮށާށް އެއްވެފައި ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.

ފުލުހުން ދެމީހަކު ހައްޔަރުކުރި ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ފެތުރި ނަމަވެސް ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލައިގައި މީދޫން ހައްޔަރުކޮށްފައި ވަނީ އެންމެ މީހެއް ކަމަށެވެ.

ޕޮލިސް ސްޓޭޝަން ދޮށަށް އެއްވި މީހުންވަނީ ފުލުހުންނާއި ދެކޮޅަށް އަޑު އުފުލާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް