ރާއްޖެ

އެއާޕޯޓުަގެ ޓަރމިނަލް 2 ކައިރިން ޓެކްސީ ލިބޭ ގޮތް ހަދައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެއާޕޯޓުަގެ ޓަރމިނަލް 2 ކައިރިން ޓެކްސީ ލިބޭ ގޮތް ހަދައިފި

އެއާޕޯޓު ސެކިއުރިޓީ ޓްރެފިކް ފްލޯ ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ --- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުގެނެސް ޓަރމިނަލް 2 ކައިރިއަށް ފަސިންޖަރުންނަށް އަރައި ފޭބޭނެގޮތް އެމްއޭސީއެލްއިން ހަމަޖައްސައިފިއެވެ.

އެމްއޭސީއެލްއިން ވިދާޅުވީ، ިއަދުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތައް ވަނީ ގެނެސްފައި ކަމަށެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާރމިނަލް 2 ބޭނުންކުރައްވާ ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން 25 މާރިޗް 2026 (މިއަދު)ގެ ހެނދުނު 10.00 އިން ފެށިގެން، ޓަރމިނަލް 2 ގެ ކުރިމަތިން އޮތް ރައުންޑްއެބައުޓް ކައިރިން، ފަސިންޖަރުންނަށް ޓެކްސީ ލިބޭނެ ގޮތަށް އިންތިޒާމްތައް ބަދަލުކޮށްފައިވާ ކަމަށެވެ.

އެމްއޭސީއެލްއިން ވިދާޅުވީ އެ ސަރަހައްދުގައި ފަހަރަކު 4 ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައި ހުންނާނެ ކަމަށެވެ. އަދި ޓަރމިނަލް 2 ގެ ޑިޕާޗަރ ކުރިމަތިން އޮތް ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ޓެކްސީއަށް އެރުމަށްޓަކައި ޚާއްސަ ކުރެވިފައިވާ ސަރަހައްދު ކަމަށާއި، އެ ސަރަހައްދުގައި ފަހަރަކު 5 ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައި ވާނެ ކަމުގައިވެސް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

މިބަދަލާއި އެކު އެއާޕޯޓަށް ވަންނަ ޓެކްސީތަކަށް ފަސިންޖަރުން ޓަރމިނަލް 2އަށް ބާލާފައި، ފަސިންޖަރުން ނަގާ ކިއުއަށް އަރައިގެން ދަތުރު ކުރެވޭނެއެވެ. މިހާތަނަށް ޓްރެފިކް ފްލޯ އޮންނަ ގޮތުން ޓެކްސީތަކަށް ޖެހެނީ، އެއާޕޯޓަށް އަންނަ ފުރާ ފަސިންޖަރުން ބާލާފައި، އެއާޕޯޓުން ނުކުމެފައި އަލުން ޓެކްސީ ކިއޫއަށް އަރާށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް