ދެ އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅަކަށް ވައިޓް އެލާޓް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރާއްޖެއަށް މޫސުމް ގޯސްވެ އެންމެ އުތުރުގެ ދެ އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދުވެ ހަވީރު 4:30 އާއި ހަމައަށް، ހއ. އަތޮޅާއި ހދ. އަތޮޅު ފިޔަަވައި، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވައިޓް އެލާޓް ނެރެފައެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މި ވިއްސާރައިގައި ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މާލެ ސަރަހައްދަށް މޫސުމް ގޯސްވުމާއި އެކު މިއަދު ހެނދުނު 7:30 އިން ފެށިގެން 11:30 އާއި ހަމައަށް މާލެ ސަރަހައްދަށް ޔެލޯ އެލާޓް ނެރުނު ނަމަވެސް މިހާރު ވަނީ، އެލާޓް ލެވެލް ވައިޓްއަށް ދަށްކޮށްފައެވެ.
މިހާރު ޕެސިފިކް ކަނޑުގެ ސަރަހައްދުގައި އުފެދިފައިވާ އެލްނީނޯގެ ސަބަބުން ދުނިޔޭގެ މޫސުމަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް، ބޭރުގެ މޫސުމާއި ބެހޭ އިދާރާތަކުން ލަފާކޮށްފައި ވާއިރު، އެފަރާތްތަކުން ލަފާކޮށްފައި ވަނީ ރާއްޖެ ހިމެނޭ ސަރަހައްދަށް އާދަޔާއި ޚިލާފަށް ވާރޭ ވެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް