ވޭވަށު ޔުޓިލިޓީ ޚިދުމަތްތަކާއި، ސްޓެލްކޯއިން ހަވާލުވުމުން އެރަށު ފެނަކައިގައި މަސައްކަތް ކުރި 12 މީހުންގެ ވަޒީފާ ގެއްލިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ، މިދިޔަ އަހަރު ވޭވަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް
މ. ވޭވަށުގެ ޔުޓިލިޓީ ޚިދުމަތްތަކާއި ސްޓެލްކޯއިން ހަވާލުވުމާއިއެކު، އެރަށުގެ ފެނަކަ ބްރާންޗުގައި މަސައްކަތްކުރަމުން އައި 11 މީހެއްގެ ވަޒީފާގެއްލިއްްޖެއެވެ.
ވޭވަށު ފެނަކަ ބްރާންޗުން ވަކިކުރި މުވައްޒަފުންގެ ތެރޭގައި، އެބްރާންޗުގައި ވަޒީފާއަދާކުރަމުން އަންނަތާ 5 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކާއި، އަދި ވަޒީފާ ދިންތާ އެއް އަހަރުވެސް ނުވާ މީހުން ހިމެނެއެވެ.
ވަޒީފާއިން ވަކިކުރި މީހުންގެ ތެރޭގައި މިދިޔަ ޑިސެމްބަރު މަހު ވަޒީފާދިން ދެމީހަކުވެސް ހިމެނެއެވެ.
ފެނަކަ ކޯޕަރޭޝަނުން ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައި ވަނީ، އެމުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ، މ. އަތޮޅުގެ ރަށްތަކުގެ އޮޕަރޭޝަން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން، ސްޓެލްކޯއަށް މުވައްޒަފުން ނެގުމަށް ކުރިޔަށް ގެންދިޔަ ސްކްރީނިންގ ޕްރޮސެސްގެ ތެރެއިން ހޮވިފައި ނުވާ މުވައްޒަފުންގެ ތެރޭގައި ހިމެނޭތީ ކަމަށެވެ. އަދި ވަޒީފާއިން ވަކިކޮށްފައި ވަނީ، ރިޑަންޑަންސީ އުސޫލުގެ ތެރެއިން ނޯޓިސް ފައިސާ ދިނުމަށްފަހުގައި ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ފޮނުވި ޗިޓުގައި ވަނީ ބުނެފައެވެ.
ވޭވަށަކީ، އަތޮޅުތެރޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ އާބާދީ މަދުރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. މުލަކަތޮޅުގެ ރަށްރަށުގެ ތެރެއިން ދެވަނައަށް އެންމެ އާބާދީ ކުޑަރަށަކީ ވޭވަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް