Post banner
ރާއްޖެ

ސަރުކާރުތެރެއިން "ހިމޭން އިންޤިލާބެއް" އެބަ ހިނގާ ކަމުގައި ރައީސް ޔާމީނު ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސަރުކާރުތެރެއިން "ހިމޭން އިންޤިލާބެއް" އެބަ ހިނގާ ކަމުގައި ރައީސް ޔާމީނު ވިދާޅުވެއްޖެ

ކުރީގެ ރައީސް ޔާމީން ---

ސަރުކާރުގެ ތެރޭގައި ހިމޭން އިންޤިލާބެއް ހިނގަމުން އަންނަ ކަމުގައި ކުރީގެ ރައީސް ޢަބްދުއްﷲ ޔާމީން ޢަބްދުލް ޤައްޔޫމް ދައްކަވަމުން ގެންދަވާ ވާހަކަފުޅު އަނެއްކާވެސް ތަކުރާރު ކުރައްވައިފިއެވެ.

ރައީސް ޔާމީން މިމޭރުމުން އަނެއްކާވެސް ވާހަކަފުޅު ދައްކަވާފައި ވަނީ، ރޭ ބޭއްވެވި ޕީއެންއެފްގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހިމޭން އިންޤިލާބެއް ހިނގަމުން އެބަ އަންނަކަމުގައި ރައީސް ޔާމީނު ވިދާޅުވުމާއި އެކު، ހޮނިހިރު ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ވަނީ، ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުކިޔައި، އަދި އާޑަފުރައްސާރަކޮށް، މެމްބަރު ޝުޖާޢު އާއި ފަލާޙާއި، އަބްދުއްރަހީމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އެވާހަކަތަކަށް ރައްދު ދެއްވައި، ރައީސް ޔާމީނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސަރުކާރާއި ދެކޮޅު ހިމޭން އިންޤިލާބެއް ހިނގަމުން އަންނަނީ މަޖިލީހުގެ ތެރެއިން އެކަނި ނޫންކަމަށާއި، ވަޒީރުންގެ މަޖިލީހުގެ ތެރޭގައި ވެސް ހިމޭން އިންޤިލާބެއް ހިނގަމުން އަންނަ ކަމަށެވެ.

އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެކު 2028ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން ޕީއެންސީގެ މެމްބަރުންނަށްވެސް އެނގޭ ކަމަށާއި، އަދި އެންމެ ފަހުން ބޭއްވިގެން ދިޔަ އިންތިޚާބުތަކުންވެސް އެކަން ހާމަވެފައިވާ ކަމުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް