Post banner
ރާއްޖެ

ސިނަމާލެ ބުރިޖުގެ އަހަރީ ދުވަސް ފާހަގަކުރަން ރައީސް ބުރިޖު ޕާކަށް!

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސިނަމާލެ ބުރިޖުގެ އަހަރީ ދުވަސް ފާހަގަކުރަން ރައީސް ބުރިޖު ޕާކަށް!

ބުރިޖުޕާކަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ސިނަމާލެ ބުރިޖަށް 8 އަހަރު ފުރުނު ދުވަހާއި ގުޅުވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާ މޯލްޑިވްސް އެވަރލާސްޓިންގ ފްރެންޑްޝިޕް ޕާރކަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އެމަނިކުފާނު، ޗައިނާ މޯލްޑިވްސް އެވަރލާސްޓިންގ ފްރެންޑްޝިޕް ޕާރކަށް ޒިޔާރަތްކުރެއްވީ، ޗައިނާ މޯލްޑިވްސް އެވަރލާސްޓިންގ ފްރެންޑްޝިޕް ބްރިޖު ހުޅުވުމުގެ މުނާސަބަތާއި މިއަދު ރާއްޖޭގައި ފާހަގަ ކުރަމުންދާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތާވެސް ގުޅުވައިގެންނެވެ.

ސިނަމާލެ ބުރިޖު ހުޅުވުނުތާ އަށް އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ މީސްމީޑިއާ މެދުވެރިކުރައްވައި އެމަނިކުފާނުގެ ޝުއޫރުތައް ޙިއްޞާކުރައްވާފައެވެ.

އެމަނިކުފާނުގެ މެސެޖުގައި، މީގެ އަށް އަހަރު ކުރިން މިއަދު، ޗައިނާ–މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު ހުޅުވިގެން ދިޔައީ، ވެރިރަށް މާލެއާއި، އެއާޕޯޓާއި ހުޅުމާލެ ގުޅުވައިދީ، ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ރަޙްމަތްތެރިކަމުގެ ވަރުގަދަ ރަމްޒެއްގެ ގޮތުގައިކަން ފާހަގަކުރައްވާފައިވެއެވެ. އަދި މި ބުރިޖަކީ ހަމައެކަނި ޢުމްރާނީ ބިނާއެއް ނޫންކަމަށާއި މިއީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އިތުބާރާއި، އެއްބައިވަންތަކަމާއި، ދެ ޤައުމުގެ އެއްގޮތް އުންމީދުތައް ރަމްޒުކޮށްދޭ ދިރިހުރި ހެއްކެއްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް