ވިނަރެސް ފުލެޓު ކަރަންޓު ފޮށިތަކަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ނަޞްރުﷲ ޝަކީލު ޙުސައިން )38އ( --
ވިނަރެސް ފުލެޓު ކަރަންޓު ފޮށިތަކަށް ގެއްލުންދީން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ގދ. ތިނަދޫ، / ލުކިންގްލާސް، ނަޞްރުﷲ ޝަކީލު ޙުސައިން (38އ) ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ މި ޖުލައި މަހުގެ 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ވިނަރެސް ފުލެޓް 9 ގެ 2 ވަނަ ފަންގިފިލާގައި ހުރި ކަރަންޓް ފޮށިތަކަށް ގެއްލުންދީފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މި މައްސަލަ ހުށަހެޅުމާއެކު ފުލުހުން އެ ތަނަށްގޮސް ބެލިބެލުމުން، ކަރަންޓު ފޮށިތަކަށް ގެންލުންދީ، އަރތު ނަރުތައް ބުރިކޮށް އަދި ކޮޕަރ ފޮތިތައް ވަގަށްނަގާފައިވާ ކަން ފާހަގަކުރެވިފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް