ކެބިނެޓަށް ގެންނަ ބަދަލަކީ ބައެއް ވަޒީރުންގެ މިނިސްޓްރީ ބަދަލުކުރުން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން —
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުން ގިނަ މިނިސްޓަރުންތަކެއް އިސްތިއުފާ ދެއްވަމުންދަނީ، ރައީސުލްޖުމްހޫރިއްޔާ ކެބިނެޓްގެ މަޤާމުތަކަށް ގެންނެވުމަށް ނިންމަވާފައިވާ ބަދަލުތަކުގެ ތެރެއިން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، އިސްތިއުފާ ދެއްވާ ބައެއް މިނިސްޓަރުން ކެބިނެޓްގެ އެހެން މަޤާމުތައް ޢައްޔަނުކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް ބައެއް މިނިސްޓަރުން ކެެބިނެޓުން ބޭރުކޮށްލާނެކަންވެސް އެނގިފައިވެއެވެ.
މިހާތަނަށް 3 މިނިސްޓަރުން ވަކިކުރައްވާފައި ވާއިރު 7 މިނިސްޓަރުން ވަނީ އިސްތިއުފާ ދެއްވާފައެވެ.
ލޯކަލްކައުންސިލް އިންތިޚާބާއި ޚިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރަށް ކުރިމަތިވި ބޮޑު ނާކާމިޔާބަށް ފަހު ސަރުކާރުގެ އިދާރީ އޮނިގަނޑާއި ހިންގުމަށް ބަދަލުތަކެއް ގެންނާނެ ކަމުގައި ރައީސްޖުމްހޫރިއްޔާ ވަނީ އިޢުލާނު ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް