އެމްޑީޕީގެ މުޒާހަރާ މަޖީދީ މަގުގައި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެމްޑީޕީން ކުރިޔަށް ގެންދާ ދަތިވެއްޖެ މުޒާހަރާ މަޖީދީމަގުން ކުރިޔަށްދާން ފަށައިފިއެވެ.
މިރޭގެ މި މުޒާހަރާގައި ބައިވެރި ވަނީ، އެމްޑީޕީން މީގެ ކުރިން ބޭއްވި މުޒާހަރާތަކާއި އަޅާކިޔާއިރު ނިސްބަތުން ވަރަށް މަދު އަދަދެއްގެ ބައެކެވެ. މުޒާހަރާގެ ބައިވެރިވެރިން މަޖީދީމަގުން ކުރިޔަށްދާފެށުމުން ފުލުހުން ވަނީ، މުޒާހަރާގެ ބައިވެރިންނަށް ކުރިޔަށް ނުދެވޭ ގޮތަށް ބެރިކޭޑްޖަހައި ބަންދުކޮށްފައެވެ.
އެމްޑީޕީގެ މި މުޒާހަރާގައި، އެމްޑީޕީގެ ޗެއާޕަރސަން މުޙައްމަދު ނަޝީދާއި، ކުރީގެ ނައިބުރައީސް ފައިސަލް ނަސީމާއި، އެމްޑީޕީގެ މަޖިލިސް މެމްބަރުން ބައިވެރިވެއެވެ.
މުޒާހަރާގެ ބައިވެރިން މިހާރު ތިބީ ފުލުހުންގެ ބެރިކޭޑްތައް ކައިރީގައި މަޑުކޮށްގެންނެވެ. އަދި މެމްބަރުން ގޮވާލަމުން ދަނީ މުޒާހަރާއަށް ޖާގަ ދިނުމަށެވެ.
މި މުޒާހަރާ އެމްޑީޕީން މަޖީދީމަގުގައި ކުރިޔަށް ގެންދިޔުމަށް ފުރުޞަތު ނުދެއްވާނެ ކަމުގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް