Post banner
ރަށްރަށުން

އެލްޖިއޭގެ ހުއްދަ ނުހޯދައި ކައުންސިލްތަކަށް މުވައްޒަފުން ނެގުން މަނާކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެލްޖިއޭގެ ހުއްދަ ނުހޯދައި ކައުންސިލްތަކަށް މުވައްޒަފުން ނެގުން މަނާކޮށްފި

ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ހޯދުމަކާ ނުލައި ކައުންސިލްތަކުގެ ވަޒީފާތަކަށް މީހުން ނެގުން މަނާކޮށްފިއެވެ.

އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލު ސޮއިކުރައްވައި، ކައުންސިލްތަކަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، އެ ފިޔަވަޅަކީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށެވެ. އަދި މީގެ ފަހުން ކައުންސިލްތަކުގެ ވަޒީފާތަކަށް މީހުން ނަގަން ވަނީ، އެލްޖީއޭއަށް ލިޔެ، ލިޔުމުން ހުއްދަ ލިބިގެން ކަމުގައިވެސް އެސިޓީގައި ވަނީ އަންގާފައެވެ.

އަދި ކައުންސިލްތަކުން ހުސްވާ މަޤާމުތަކަށް މީހުން ނެގުމުގެ ކުރިންނާއި، "ކޮންޓްރެކްޓް އެމްޕްލޯއިމެންޓް" އަދި "ވޭޖް އެމްޕްލޯއިމެންޓް" ވަޒީފާތަކަށް މީހުން ނެގުމުގެ ކުރިން އަދި އައު މަޤާމެއް އުފައްދައި މީހުން ވަޒީފާއަށް ނެގުމުގެ ކުރިންވެސް ހުއްދަ ހޯދަން ޖެހޭނެކަމަށް އެލްޖީއޭއިން ކައުންސިލްތަކަށް އަންގާފައިވެއެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ދީފައިވާ ބާރުތައް ހަނިކޮށް، އެބާރުތައް މައި ސަރުކާރަށް އަތުލަމުންދާއިރު، ދާދިފަހުން ވަނީ ކައުންސިލްތަކުގެ އިޚްތިޞާސްގައި ހިމެނޭ ބިންތައްވެސް މައިސަރުކާރަށް ބޭނުންވެއްޖެ ހިނދެއްގައި ވަޒީރުންގެ މަޖިލީހުން ނިންމައިގެ އަތުލެވޭ ގޮތަށް ޤާނޫނު ބަދަލުކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް