classified
ވިކުރާ

ފައިނޭންޝަލް އެކްސްޕޯ ކާމިޔާބު ކަމާއި އެކު ނިންމާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފައިނޭންޝަލް އެކްސްޕޯ ކާމިޔާބު ކަމާއި އެކު ނިންމާލައިފި

އެކްސްޕޯ ނިންމާލުމަށް ބޭއްވި ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ: ރައްޔިތުންގެ ނޫސް

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ކާމިޔާބު ކަމާއި އެކު ރޭ ނިންމާ ލައިފިއެވެ.

9 އަހަރަގެ މެދު ކެނޑުމަކަށް ފަހު ބޭއްވި މި އެކްސްޕޯއަށް، 16،000 ވުރެ ގިނަ މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއެކްސްޕޯ ކުރިޔަށް ގެންދިޔައީ، ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ރެއާއި ހަމައަށެވެ.

ޖުމުލަ 38 ސްޓޯލަކާއި އެކު ކުރިޔަށް ގެންދިޔަ މި އެކްސްޕޯއަށް އަގުހުރި އިނާމްތައް ހުށައަޅާފައި ވެއެވެ. މިގޮތުން އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު އެއް ފަރާތަށް 50،000ރ ގެ ފައިސާގެ އިނާމާއި، ކޮންމެ ދުވަހަކު އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 25000ރ ގެ ފައިސާގެ އިނާމެއް ދީފައި ވެއެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު 5 ފަރާތަށް 5 އައިޕެޑާއި، 7 ފަރާތަކަށް އެމްއެމްއޭ 5000ރ ގެ ފައިސާގެ ނޫޓެއް އިނާމްގެ ގޮތުގައި ދީފައިވެއެވެ.

މީގެ އިތުރުން ވަކިވަކި ސްޓޯލްތަކުން ވެސް އަގުބޮޑު ގިނަ އިނާމްތަކެއް ވަނީ ދީފައެވެ.

އެމްއެމްއޭއިން ހާމަކުރައްވާފައިވާ ގޮތުގައި، މިއެކްސްޕޯގެ މަޤުޞަދު ތަކުގެ ތެރޭގައި މާލީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެފަރާތްތަކުގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު އާއްމުންނަށް ޙިއްސާކުރުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް