Post banner
ވިކުރާ

ފޭސް 2އިން ރެޑްވޭވަށް މޯލްއެއް އަޅަންދިން ބޮޑު ބިމާއި ގުޅޭ މައުލޫމާތު އެޗްޑީސީން ސިއްރުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފޭސް 2އިން ރެޑްވޭވަށް މޯލްއެއް އަޅަންދިން ބޮޑު ބިމާއި ގުޅޭ މައުލޫމާތު އެޗްޑީސީން ސިއްރުކޮށްފި

އެޗްޑީސީގެ ހެޑް އޮފީސް -- ފޮޓޯ: ރައްޔިތުންގެ ނޫސް

ހުޅުމާލެ ފޭސް 2ގެ ވިނަރެސް ފްލެޓްތައް ކައިރީގައި ބޮޑު ޝޮޕިން މޯލެއް އެޅުމަށް، އެޗްޑީސީން އެކުންފުންޏާއި އެކު ހެދި އެއްބަސްވުމުގެ މައުލޫމާތުދޭން އެޗްޑީސީން ދެކޮޅު ހަދައިފިއެވެ.

އެ އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ދަށުން އަމިއްލަ ފަރާތަކުން ހުށައެޅި، އާރްޓީއައިއަށް، އެޗްޑީސީން ދީފައިވާ ޖަވާބުގައި ބުނެފައި ވަނީ، އެދިފައިވާ މައުލޫމާތަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ދޫކުރެވެން ނެތް މައުލޫމާތެއް ކަމަށެވެ.

މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ފާޑު ކިޔާފައި ވާއިރު، އިޤުތިޞާދީ ދާއިރާގައި މަސައްކަތް ކުރެއްވި، ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު މުހައްމަދު ވިދާޅުވީ، ހޯދުމަށް އެދިފައިވާ މަޢުލޫމާތަކީ ދައުލަތުގެ މުދަލެއް ނުވަތަ ވަސީލަތެއް ކުއްޔަށް ދިނުމާއި، އެ މުދާ ހަވާލުކުރުމާ ގުޅޭ ކަންކަން ކަމުގައިވާތީ، އެ މުދާ ހަވާލުކުރި އިޖުރާއަތާއި، ކުލީގެ މުއްދަތާއި، އަދި އަހަރީ ކުއްޔާ ގުޅޭ ތަފުސީލުތަކަކީ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ "ވިޔަފާރީގެ ސިއްރެއް" ކަމަށް ބެލެވޭނެ ޝަރުޢީ ނުވަތަ ޤާނޫނީ ހަމައެއް އޮތް ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

Uploaded image

ރެޑްވޭވް ކުންފުންޏަކީ، ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ހޮވި، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަދި ސަރުކާރު ހިންގާޕާޓީ ޕީއެންސީގެ މެމްބަރު އަޙްމަދު ސަލީމްގެ ކުންފުންޏެކެވެ.

ރެޑްވޭވް ކުންފުނިން މިހާރުދަނީ، ފޭސް 2 ގެ އެބިމުގައި ޝޮޕިންގ މޯލް އެޅުމަށްޓަކައި ޢިމާރާތެއް އަޅަމުންނެވެ. އެއިމާރާތަކީ މިހާރު ހުޅުމާލެ ފޭސް 1ގައި އަޅާފައިވާ ރެޑްވޭވް މެގަމޯލްއަށް ވުރެވެސް ބޮޑު އިމާރާތެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް