ރާޅާ އަޅަން މޫދަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ގދ ވާދޫ ސާފިންގ ޕޮއިންޓް -- ފޮޓޯ: ކޯރަލް ގްލާސް ވެބްސައިޓް
ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެއެވެ.
ފުުލުހުންގެ އިދާރާއިން ވިދާޅުވީ، މަރުވެފައި ވަނީ، ސްޕެއިންއަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު، ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރު 12:57 އެހައިކަންހާއިރުަގައި ކަމަށެވެ.
މި ހާދިސާގައި ގެނބުނު މީހާ ގދ. ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ރާޅާއަޅަން އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެފައި މިވަނީ، ބުރާސްފަތި ދުވަހު އިޓަލީގެ ހަތަރު ފަތުރުވެރިއަކު ހޮހަޅައަކަށް ޑައިވްކުރުމުގެ ތެރޭގައި ގެއްލި އަދި އެކަކު މަރުވި ހާދިސާ އާއި ގުޅިގެން މުޅިދުނިޔޭގެ ސަމާލުކަން ރާއްޖެއަށް ހުއްޓިފައިވާ ދަނޑިވަޅެއް ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް