މާލޭގެ ގެއެއްގެ މަތީބުރިއަކުން މީހަކު ވެއްޓިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ އިދާރާ ---
މިރޭ އިރު އޮއްސުނު ވަގުތު މާލޭގެ ގެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭގެ 6:20 ހާއިރުގައި ކަމަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމީހާ ވެއްޓިފައި ވަނީ، މާފަންނު ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން ކަމަށެވެ.
އަދި އެމީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމުގައި ވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. ހާދިސާ އާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމައްސަލަ ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް