Post banner
ރާއްޖެ

އެކްސިޑެންޓްެވެ ކާރު ފުރޮޅާލި އިރު ކާރުގައި ތިބީ ބޮޑު މީހަކާއި ކުޑަކުއްޖެއް: ފުލުހުން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެކްސިޑެންޓްެވެ ކާރު ފުރޮޅާލި އިރު ކާރުގައި ތިބީ ބޮޑު މީހަކާއި ކުޑަކުއްޖެއް: ފުލުހުން

މިއަދު ހެނދުނު ހުޅުމާލެ މިދިލިމަގުގައި ސްޕޯޓްސް ކާރެއް، ސޯލާ ޕެނަލްތަކުގައި ޖެހި ހިނގި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، މިއަދު ހެނދުނު 8:42 ހާއިރުގައި ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި އެކްސިޑެންޓްގައި ހޮޅިދަނޑިތަކުގައި ޖެހި ކާރު ވަނީ ފުރޮޅާލި ކަމަށާއި، މި ހާދިސާ ހިނގި ވަގުތު ކާރުގައި ބޮޑު މީހަކާއި ކުޑަކުއްޖަކު ތިބި އިރު، އެ ދެ މީހުންނަށް މިހާރު ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

އެކްސިޑެންޓްވި ކާރަކީ، ރާއްޖޭގެ މުއްސަނދި އާއިލާއަަކަށް ނިސްބަތްވާ، 2 ލައްކަ ޑޮލަރަށް ވުރެ އަގުބޮޑު ލަގްޒަރީ ސްޕޯޓްސް ކާރެކެވެ. އެކްސިޑެންޓް ހިނގި ސަރަހައްދުން މައުލޫމާތު ދިން ބައެއް މީހުން ބުނި ގޮތުގައި މިއަދު ހެނދުނުން ފެށިގެން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ މަގުތަކާއި ހައިވޭގައި އެކާރު ދުއްވާފައި ވެއެވެ. މައުލޫމާތު އެނގޭ މީހުން ބުނީ، އެކާރަކީ ވަރަށް ފަހުން ރާއްޖެ ގެނެސްފައިވާ ކާރެއް ކަމަށެވެ.

އެކްސިޑެންޓްގައި ކާރަށާއި، މިދިލިމަގުގައި ހުރި ސޯލާ ޕެނަލްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް