Post banner
ރަށްރަށުން

ހަނިމާދޫ ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި އާޔަން އިބްރާހީމް ސަވާދަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް!

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަނިމާދޫ ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި އާޔަން އިބްރާހީމް ސަވާދަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް!

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އަޔާން އިބްރާހީމް ސަވާދު އާއެކު --- ފޮޓޯ: ހަނިމާދޫ ސްކޫލް

ހދ. ހަނިމާދޫ ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި އަޔާން އިބްރާހީމް ސަވާދު އަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ލިބިއްޖެއެވެ.

އަރަބިއްޔާ ސްކޫލްގެ ބްރާންޗެއް ކަމައްވާ އަރަބިއްޔާ ރޯވަރ ސްކައުޓް ގްރޫޕުން ހިއްސާކުރި ޕޯސްޓެއްގައި ވަނީ ހަނިމާދޫ ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި އަޔާންއަށް ލިބުނު ކާމިޔާބީތަކަށް މަރުހަބާ ކިޔާފައެވެ.

އެގޮތުން މި ޖަލްސާގައި އަޔާން ވަނީ ޖުމްލަ ހަތަރު ކާމިޔާބީއެއް ހޯދާފައެވެ. އެއީ؛

  • ބެސްޓް އޯލް-ރައުންޑް ސްކައުޓް ގެ މަގާމު

  • ސެކަންޑަރީ ބައިން ޓޮޕް އެޗީވާސް އެވޯޑުން 3 ވަނަ ހާސިލުކުރުން

  • އޯލެވެލް އިމްތިހާނުން ޑިސްޓިންކްޝަން އެވޯޑް ހާސިލްކުރުން

  • ގައުމީ ފެންވަރުގެ ޓޮޕް އެޗީވާސް އެވޯޑުން 8 ވަނަ ހާސިލްކުރުން

ހަނިމާދޫ ސްކޫލްގެ މި އަހަރުގެ ޕްރައިޒް ޑޭ ބާއްވާފައިވަނީ މީގެ ހަތަރު ދުވަސް ކުރިންނެވެ. މި ޖަލްސާ އަކީ ހަނިމާދޫގެ މުއައްސަސާތަކާއި، ޖަމްއިއްޔާތަކާއި، ކުންފުނިތަކުގެ އިތުރުން ވިޔަފާރިވެރިންނާއި ހެޔޮ އެދޭ ފަރާތްތަކުގެ ހެޔޮއެދުންތަކާއެކު ބޭއްވި ޖަލްސާއެއްކަމަށް ހަނިމާދޫ ސްކޫލުން ވަނީ ބުނެފައެވެ.

އެގޮތުން ހަނިމާދޫ ކައުންސިލުން އެކަނި ވެސް ވަނީ ޖުމްލަ 63،000ރ ގެ ފައިސާގެ އިނާމު ހަދިޔާކޮށްފައެވެ. އަދި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވެސް ވަނީ 21،700ރ ގެ ފައިސާގެ އިނާމު އެ ސްކޫލަށް ހަދިޔާކޮށްފައެވެ.

ހަނިމާދޫ ސްކޫލުން ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި މިދިޔަ އަހަރުގެ "ބެސްޓް އޯލް ރައުންޑް" ދަރިވަރު ނުވަތަ އެންމެ މޮޅު ދަރިވަރުގެ ޝަރަފު ހާސިލްކޮށްފައިވަނީ އެ ސްކޫލްގެ ގްރޭޑް 10 ގައި ކިޔަވަމުންދާ ޝާޔާ އަޙްމަދު ރައޫފް އެވެ.

ހަބަރު ލިޔުނީ: މުހައްމަދު މުއާޒް – ރަށު ރިޕޯޓަރު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް