ދުނިޔެ

ނަތަންޔާހޫ ދިރިހުރިކަން ސާބިތުކޮށްދޭން ޝާއިއު ކުރަނީ ޑީޕްފޭކު އޭއައި ވީޑިއޯތަކެއްކަމަށް ބުނެފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ނަތަންޔާހޫ ދިރިހުރިކަން ސާބިތުކޮށްދޭން ޝާއިއު ކުރަނީ ޑީޕްފޭކު އޭއައި ވީޑިއޯތަކެއްކަމަށް ބުނެފި

އިޒްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ --- ފޮޓޯ: އައިޑީއެފް

އިޒްރާއީލުގެ ބޮޑުވަޒީރުން ބެންޖަމިން ނެތަންޔާހޫ މަރުވެފައިވާ ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތަކާއި ގުޅިގެން، ނަތަންޔާހޫ ދިރިހުރިކަން ސާބިތުކޮށްދޭން އިޒްރާއީލުން އާއްމު ކުރަމުން އަންނަ ކުރު ވީޑިއޯތަކަކީ، އޭއައި ބޭނުންކޮށްގެން ހަދާފައިވާ ޑީޕްފޭކް ވީޑިއޯތަކެއް ކަމުގައި ގިނަ ބަޔަކު ބުނަން ފަށައިފިއެވެ.

އީރާނުގެ ހަމަލާއެއްގައި ނަތަންޔާހޫ އާއެކު އިޒްރޭލުގެ އިސްވެރިންތަކެއް މަރުވެފައިވާ ކަމުގެ ޚަބަރުތައް ފެތުރިފައި ވީނަމަވެސް އެކަން އިޒްރާއީލުން ދޮގު ކުރެއެވެ. އެކަމަކު، ނަތަންޔާހޫއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެނގޭ ސަބަބަކީ، އަސްކަރީ މުޙިއްމަު ބައްދަލުވުންތަކުގައި ނަތަންޔާހޫ ނުފެނުމާއި، ބައްދަލުވުންތަކާއި ދަތުރުފުޅުތައް ކެންސަލް ކުރައްވާފައިވުންކަމުގައި، މަޝްރަޙް ދިރާސާ ކުރާ ފަރާތްތަކުންނާއި އަދި އީރާނުންވެސް ބުނެފައި ވެއެވެ.

ނަތަންޔާހޫ ދިރި ހުރިކަން ސާބިތުކޮށްދިނުމަށް، އިޒްރޭލުން ވަނީ މިހަފްތާގެ ތެރޭގައި ތިން ވީޑިއޯއެއް އާއްމުކޮށްފައެވެ. އޭގެތެެެރެއިން އެއް ވީޑިއޯއަކީ، ކުރިން ރެކޯޑްކޮށް ލައިވް ބްރޯޑްކާސްޓް ކުރި ނަތަންޔާހޫގެ ޕްރެސް ކޮންފަރެންސެވެ. އެޕްރެސްކޮންފަރެންސް ބާއްވާފައި ވަނީ ވާޗުއަލްކޮށެވެ. އެ ޕްރެސްގެ ވީޑިއޯ އާއްމު ކުރުމާއި އެކު އެއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ވީޑިއޯއެއް ކަމުގައި ބުނެ ފާޑުކިޔުންތައް އަމާޒުވިއެވެ. މިގޮތުން އެޕްރެސް ކޮންފަރެންސްގައި ނަތަންޔާހޫ ފެންނަ ބައެއް ތަންތަނުގައި އޭނާގެ އަތުގައި 6 އިނގިލި ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑު ކިޔުންތައް އަމާޒުވިއެވެ.

އޭގެ ފަހުން، ބެންޖަމިން ނަތަންޔާހޫ، ދިރިހުރިކަން ދައްކަން ސާބިތުކޮށް ދިނުމަށް، ގުދުސްގެ ކެފޭ އެއްގައި ނަތަންޔާހޫ ކޮފީ ބޯ މަންޒަރުފެންނަ ވީޑިއޯ ކްލިޕެއް އާއްމުކޮށްފައިވެއެވެ. އެހެން ނަމަވެސް އެކްލިޕްގައިވެސް ފެންނަ ވީޑިއޯ އާއި ނަތަންޔާހޫ ތަފާތުކަން ފާހަގަކޮށް ސޯޝަމް މީޑިއާގަިއ ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. ކޮފީ ވީޑިއޯގައި ފެންނަ ނަތަންޔާހޫ އާއި އަސްލު ނަތަންޔާހޫގެ މޫނުގެ ސިފަ އާައި ތުންފަތާއި އަދި ކޮފީތަށީގައިވެސް ތަފާތުތަކެއް ހުއްޓެވެ. މައްޗާ މައްޗާހަމައަށް ހުރި ކޮފީތަށި ހެލުވޭ އިރުވެސް ބަންޑުން ނުވުމާއި، ނަތަންޔާހޫ އެއިން އެތިފޮދެއް ބުއިމުންވެސް މަދު ނުވުމާއި، އެ ކެފޭގެ ބިލްގެ ތާރީޚުން ފެންނަނީ 2024 ވަނަ އަހަރުގެ ތާރީޚް ކަމަށް ވުމުން އެއީވެސް އާއްމުކުރި ވީޑިއޯ އަކީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ޑީޕް ފޭކް ވީޑިއޯއެއްކަން އެނގޭ ސަބަބެއް ކަމުގައި ގިނަ ބަަޔަކު ވަނީ ފާހަކަކޮށްފައެވެ.

ކޮފީ ވީޑިއޯއަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް މިއަދުވެސް ބެންޖަމިން ނަތަންޔާހޫގެ އިތުރު ވީޑިއޯއެއް ވަނީ އާއްމުކޮށްފައެވެ. އެއީ އައިޑީއެފްގެ ސިފައިންތަކެއް ތިބޭ ތަނަކަށް ނަތަންޔާހޫ ޒިޔާރަތްކުރި މަންޒަރު ދައްކުވައިދޭ ވީޑިއޯ އެކެވެ. އެހެން ނަމަވެސް އެވީޑިއޯގައިވެސް ނަތަންޔާހޫގެ އަތުގައި އޮންނަ އަނގޮޓި އެއްފަހަރު އިނގިލީގައި އޮވެފައި އަނެއް އަނެއް މަންޒަރުގައި ނޯވެއެވެ. މީގެ އިތުރުން އެވީޑިއޯގެ ކެމެރާ މޫވްމަންޓްތައް ހުރި ގޮތުން އެއީވެސް އޭއައި ބޭނުންކޮށްގެން ހަދާފައިވާ ޑީޕް ފޭކު ވީޑިއޯއެއް ކަމުގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ނެޖަމިން ނަތަންޔާހޫ މަރު ނުވާކަމަށް އިޒްރޭލުން ބުނާއިރު، އީރާނު ބުނެފައި ވަނީ އޭނާ މަރުނުވާނަމަ ހުރިތަނަކުން ހޯދައިގެންވެސް މަރާލާނެ ކަމަށެވެ.

އިޒްރާއީލްގެ ކުރީގެ ބޮޑުވަޒީރު އެރިއަލް ޝެރޯން މަރުވުމުންވެސް 8 އަހަރެއްހާ ދުވަސްވާންދެން އޭނާ ލައިފް ސަޕޯޓުގެ އެހީގައި ބާއްވައިގެން އިޒްރޭލުން އުޅުނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް