Post banner
ރާއްޖެ

ސްޓޭޓް ފާމާ އުފެއްދީ ހަމައެކަނި އިދާރީ ބަދަލެއް ގެންނާކަށް ނޫން: ތަރުޖަމާން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސްޓޭޓް ފާމާ އުފެއްދީ ހަމައެކަނި އިދާރީ ބަދަލެއް ގެންނާކަށް ނޫން: ތަރުޖަމާން

ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަނީ ---

ބޭހުގެ މައްސަލަ ހައްލުކުރަން 2025 ވަނަ އަހަރު އުފެއްދި ދައުލަތުގެ އައު ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކުންފުނީ އުފެއްދީ ހަމައެކަނި ކުރިން އެ މަސައްކަތް ކުރަމުން ގެންދިޔަ އެސްޓީއޯގެ އަތުން އެ މަސައްކަތް ނެގުމަށްފަހު އިދާރީ ބަދަލެއް ގެންނަން ކުރި ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ ސްޕޯކްސް ޕަރސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ސްޓޭޓް ފާމާއަކީ ކުރިން އެ ހިދުމަތްދެމުން ގެންދިޔަ އެސްޓީއޯގެ ދަށުން އެ މަސައްކަތް ނެގުމަށްފަހު ހަމައެކަނި ގެނައި އިދާރީ ބަދަލެއް ނޫންކަމަށެވެ.

އަދި ސްޓޭޓް ފާމާ އަކީ ވޭތުވެ ދިޔަ ސަރުކާރުތަކުން ހައްލުކުރަން މަސައްކަތްކޮށް، ހައްލުނުވި ރާއްޖެއަށް ބޭނުންވާ ބޭހާއި މެޑިކަލް ކޮންސިއުމަބްލްސްތަކާއި ގުޅޭ މައްސަލައިގެ ފުރިހަމަ ހައްލުކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭހާއި ގުޅޭ މައްސަލަ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކުންފުޏާއެކު ހައްލުވާނެކަމަށެވެ. އަދި ގުޅާލެވިފައިވާ ވިއުގައަކުން ފަރުވާ ހޯދާ މަރުކަޒުތަކަށް ބޭސް ލިބެންހުރޭތޯ ބެލި، ވީހާވެސް އަގުހެޔޮކޮށް ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ސްޓޭޓް ފާމާގެ ދަށުން ލިބޭނެކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް