ފުލިދޫގައި މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެދަރިން ސަލާމަތްކޮށްދިން ބައްޕަ ހާލުދެރަވެ ނިޔާވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ވ. ފުލިދޫ ---
ވ. ފުލިދޫގައި މޫދަށް އެރިއުޅެނިކޮށް އޮޔާ ދިޔަ ދެދަރިން ސަލާމަތް ކުރުމަށް މަސައްކަތްކުރި ދޮށީ އުމުރުގެ ބައްޕަ ހާލު ދެރަވެ ނިޔާވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، މިއަދު މެންދުރުފަހު 15:10 ހާއިރުގައި ކަމަށެވެ.
މިހާދިސާގައި ބައްޕަ ވަނީ އެދެކުދިން ސަލާމަތްކޮށްދީފައެވެ. އެހެން ނަމަވެސް ކުދިން ސަލާމަތްކޮށްދިނުމަށްފަހު ބައްޕަގެ ހާލު ދެރަވެ. ފުލިދޫގައި ހުންނަ ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. ނިޔާވި މީހާއަކީ އުމުރުން 63 އަހަރުގެ މީހެކެވެ.
ފުލުުހުންގެ އިދާރާއިން ވިދާޅުވީ މިހާދިސާ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް