ހައިވޭގައި އެކްސިޑެންޓެއް ހިނގައި ޕިކަޕެއް ދަށުވެ މީހަކު ނިޔާވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ މައި އިދާރާ ---
ހައިވޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިއެކްސިޑެންޓް ހިނގާފައި ވަނީ، މިރޭގެ 22:15 ހާއިރު، ހުޅުމާލެއިން މާލެއަށްދާ ލޭނުގައި، ޓްރެފިކް ލައިޓް ކައިރީގައި ކަމަށެވެ.
އެކްސިޑެންޓް ހިނގީ ސައިކަލެއް ކަހާލައިގެން ވެއްޓުމުގެ ސަބަބުން ކަމަށާއި، ސައިކަލުުން ވެއްޓުނު މީހާ ނިޔާވީ، އެލޭނުން ދަތުރުކުރި އެހެން ޕިކަޕެއްގެ ދަށުގައި އޭނާ ވުމުން ކަމަށެވެ.
މިހާދިސާގައި ނިޔާވި މީހާގެ ވަނަވަރެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެހެން ނަމަވެސް މިއެކްސިޑެންޓްގެ މައްސަލަ ބަލަމުން އަންނަ ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް