ދުނިޔެ

ހަނގުރާމައިގެ މުހިއްމު ބައްދަލުވުންތަކުންވެސް ނަތަންޔާހޫއެއް ނުފެނުނު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަނގުރާމައިގެ މުހިއްމު ބައްދަލުވުންތަކުންވެސް ނަތަންޔާހޫއެއް ނުފެނުނު

އިޒްރޭލުގެ އިސް އޮފިސަރުންގެ ބައްދަލުވުން --

އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، މަރުވެފައި ނުވަތަ ވަރަށް ބޮޑަށް ޒަޚަމްވެފައިވާކަމަށް ދެކެވޭ ވާހަކަތަކުގެ އަޑު ގަދަވެފައި ވަނިކޮށް، އިޒްރޭލުގެ އަސްކަރިއްޔާއިން ހަނގުރާމައާއި ބެހޭ މައުލޫމާތު ހިއްސާކުރި ބައްދަލުވުމުގައި ނަތަންޔާހޫ ބައިވެރިވެވަޑައި ނުގަންނަވާތީ އަނެއްކާވެސް ސުވާލުތައް ގިނަވެއްޖެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ އިސްވެރިންގެ ބައްދަލުވުން ބޭއްވި މާލަމަކީ، ކުރިންވެސް ނަތަންޔާހޫ އާއި އިޒްރޭލުގެ ޑިފެންސް މިނިސްޓަރާއި، އަދި މޮސާޑުވެ ވެރިޔާވެސް ހަނގުރާމައިގެ މައުލޫމާތުތައް ޙިއްޞާކުރަމުން އައި މާލަމެވެ.

އަސްކަރިއްޔާގެ އެބައްދަލުވުމުގައި ބައިވެރިވެފައި ނުވާ މީހުންގެ ތެރޭގައި އީރާނުގެ ހަމަލާއެއްގައި ނަތަންޔާހޫ އާއި އެކުގައި މަރާލާފައިވާކަމަށް ބުނާ މީހުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އިޒްރޭލްގެ ޑިފެންސް މިނިސްޓަރ ބެންގްރިވް އާއި މޮސާޑްގެ ވެރިޔާ ޑޭވިޑް ބާނާ އާއި އެއާފޯސް ކޮމާންޑަރ ޓޯމާބަރއެވެ.

Uploaded image

ނަތަންޔާހޫ މަރާލާފައިވާ ކަމަށް ޔޯލަ ވާހަކަތައް ވަރަށް ބޮޑަށް ފެތުރިފައި ވަނިކޮށް، އިއްޔެ ވަނީ، ނަތަންޔާހޫ ބޭއްވި ޕްރެސްކޮންފަރެންސްއެއް ލައިވްކޮށް ދައްކާފައެވެ. އެހެން ނަމަވެސް އެޕްރެސްގައި ފެންނަ ނަތަންޔާހޫގެ އަތުގައި 6 އިނގިލި ހުންނަ ކަމަށާއި، އެއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ވީޑިއޯއެއް ކަމުގައި ބުނެވެސް އަންނަނީ ވާހަކަތައް ފަތުރަމުންނެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރުވެފައިވާ ކަމުގެ އަޑުތައް ފެތުރޭއިރު، އޭނާއަށް ކެންސަރުގެ ބާވަތެއް ކަމުގައިވާ ޕްރޮސްޓްރޭޓް ކެންސަރު ޖެހުނު ކަމުގައިވެސް އަޑު ފެތުރުނެވެ. އަދި 2024 ވަނަ އަހަރު އޭނާ ޕްރޮސްޓްރޭޓް ސާރޖަރީއެއް ކުރެއްވިކަން އިޒްރާއީލުން ރަސްމީކޮށް ކަށަވަރުކޮށްދީފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް