ސަބްސްކްރިޕްޝަންތަކަށް ފައިސާ ނުދެއްކޭ މައްސަލަ ހައްލު ކޮށްދޭނެ ކަމުގައި ބީއެމްއެލްއިން ބުނެފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބޭންކް އޮފް މޯލްޑިވްސް --
ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ސަބްސްކްރިޕްޝަންތަކަށް ފައިސާ ނުދެއްކޭ މައްސަލައިގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށް އެކަން ހައްލުކޮށްދޭނެ ކަމުގައި ބީއެމްއެލްއިން ބުނެފިއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ، ރުފިޔާކާޑުތަކުން ކުރާ މުއާމަލާތްތަކަށް ލިމިޓް ކަނޑައަޅާފައި ވިޔަސް އޭހެ ތެރޭގައި ސަބްސްކްރިޕްޝަން ޕޭމަންޓްތައް ހިމަނާފައި ނުވާކަމަށެވެ. ބޭންކްއިން މިހެން ބުނެފައި ވީނަމަވެސް، ސަބްސްކްރިޕްޝަންތަކަށް ފައިސާ ނުދެއްކޭ މައްސަލައިގެ ކަންބޮޑުވުންތައް އާއްމުން އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
އާއްމުގެ ޝަކުވާތަކަށް ޖަވާބުދީ، ބީއެމްއެލްއިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވަނީ، ޑެއިލީ ލިމިޓްގައި ސަބްސްކްރިޕްޝަންސްތައް ހިމަނާފައި ނުވާކަމަށާއި، ސަބްސްކްރިޕްޝަން ޕޭމަންޓް ނުދެއްކޭނަމަ ބޭންކަށް އެކަން ޙިއްޞާކުރުމުން އެކަން ހައްލުކޮށްދޭނެ ކަމަށެވެ.
ބީއެމްއެލްގެ ސްޕޯކްސް ޕަރަސަން މުޙައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ބޭންކުން ޓީމޫ، ޝީއިން ފަދަ ރީޓެއިލް ވިޔަފާރި ސައިޓްތަކުން ޑޮލަރު އެކައުންޓުން ކާޑު ބޭނުންކޮށްގެން ކަސްޓަމަރަކު ބޭނުންވާ އަދަދަކަށް ވިޔަފާރިކުރެވޭނެ ކަމަށާއި އެކަމަށް ބެންކުން ލިމިޓެއް ކަނޑައަޅާފައިނުވާނެ ކަމަށެވެ. އަދި ބޭންކުން ހަމައެކަނި އަޅާފައިވާ ފިޔަވަޅަކީ އެފަދަ ސައިޓްތަކުގައި ރުފިޔާ ކާޑުން ކުރާ މުއާމަލާތަށް ބޭންކުން ޑޮލަރު ވިއްކާ އަދަދު ވަކި ލިމިޓެއްގައި ހަމަޖެއްސުން ކަމުގައިވެސް ސަޢީދު ވިދާޅުވިއެވެ.
ޑޮލަރު ވިއްކުމުގައި، ބީއެމްއެލްއިން އަޅާފައިވާ ފިޔަވަޅުތަކަށް އަންނަ މަހުންފެށިގެން ލުއިލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފަހުން ނޫސްވެރިންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް