ރާއްޖެ

ހުޅުމާލެ ފޭސް 2ގައި ފުލުހުންގެ އިސް އޮފިސަރަކަށް ހަމަލާދީ މާރާމާރީ ހިންގައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހުޅުމާލެ ފޭސް 2ގައި ފުލުހުންގެ އިސް އޮފިސަރަކަށް ހަމަލާދީ މާރާމާރީ ހިންގައިފި

ޝހީދު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ -- ފޮޓޯ: ރައްޔިތުންގެ ނޫސް

ހުޅުމާލެ ފޭސް 2 ގައި ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަމުން އަންނަ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަނިޔާވެފައި ވަނީ ފުލުސް މީހާގެ ރަސްމީ މަސައްކަތުގެ ތެރެއިން ނޫން ކަމަށާއި، މި ހަމަލާގައި އަނިޔާވި ފުލުސް މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މައްސަލައިގެ ވަށައިގެންވާކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ބަލަމުން ކަމަށާއި، އަދި މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މީސްމީޑިއާގައި ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ފުލުސް މީހާއަށް އަނިޔާކޮށް އޭނާގެ ބޯފަޅާލާފައި ވަނީ، ހިޔާގެ 15 ވަނަ ޓަވަރުގެ އެޕާޓްމެންޓެއްގައި އެހެން މީހެންގެ އަނތްބަކާއި އެކު އެއްކޮޓަރިއެއްގައި ތިއްބައި ފެނިގެން ކަމުގައި ބުނެފައި ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ފުލުސް އޮފިސަރަކީވެސް ހިޔާގެ 15 ވަނަ ޓަވަރުގެ އެޕާޓްމެންޓެއްގައި ދިރިއުޅެމުން އައި އޮފިސަރެކެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުންގެ އިދާރާއިން ފަހުން ހާމަކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް