Post banner
ރާއްޖެ

ރ. ފުއްގިރީގައި ހުރި ކޮމިއުނިކޭޝަންޓަވަރަކުން އިންޑިއާ މީހަކު ވެއްޓި އަނިޔާވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރ. ފުއްގިރީގައި ހުރި ކޮމިއުނިކޭޝަންޓަވަރަކުން އިންޑިއާ މީހަކު ވެއްޓި އަނިޔާވެއްޖެ

ރ. ފުއްގިރި --

ރިޒޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުން އަންނަ ރ. ފުއްގިރީގައި ހުރި ޓެލެކޮމިއުނިކޭޝަން ޓަވަރެއްގެ މަސައްކަތް ކުރަން އުޅުނު އިންޑިއާ މީހަކު އެ ޓަވަރުން ވެއްޓިއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރުފަހު 15:58 ހާއިރުގައި ކަމަށެވެ. އެމީހާ ވެއްޓިފައި ވަނީ ޏަވަރުގެ 25 ފޫޓު އުސްމިނަކުން ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ، ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުަގައި ވެއްޓުނު މީހާއަކީ، އުމުރުން 25 އަހަރުގެ މީހެކެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައި ވަނީ، ރ. އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަކުގައި ކަމަށާއި، އެމީހާގެ މައިބަދައަށް ގެއްލުން ވެފައިވާތީ، އިތުރު ފަރުވާއަށް މާލެއަށް ގެނައުމުގެ މަސައްކަތ ްމިހާރު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ އެ ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް