Post banner
ކްލެސިފައިޑް

އިންސްޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާގެ ކުލާސްތަކާއި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮތީ ހުޅުވާލާފައި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިންސްޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާގެ ކުލާސްތަކާއި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮތީ ހުޅުވާލާފައި

އިންސްޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާގެ ދަރިވަރުން ---

އިންސްޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާގެ ފަރާތުން ކުޑަކުދިންނަށް ހިންގާ ޤުރުއާން ކުލާސްތަކުގަޔާއި، އަދި ޤިރާއަތު ސެޓިފިކެޓް ލެވެލްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވާލާފައި ކަމުގައި އެ އިންސްޓިޓިއުޓްއިން ހާމަކުރައްވައިފިއެވެ.

އިންސްޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާއަކީ، މާލެ އަދި ހުޅުމާލޭގައި ކެމްޕަސްތައް ޤާއިމްކޮށް ތުއްތު ކުދިންނަށާއި، ކުޑަކުދިންނަށް ޤުރުއާން ކްލާސްތައް ހިންގާ، އަދި ބޮޑެތި މީހުންނަށްވެސް ޤުރުއާން އުނގަންނައިދިނުމުގެ ކްލާސްތައް ހިންގަމުން އަންނަ ގިނަ ދުވަސްވީ އިންސްޓިޓިއުޓެކެވެ. އިންސްޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާއިން ތަޖުވީދުމަގުން ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ސެޓްފިކެޓް ލެވެލް 4 އާއި ހަމައަށް ކުރު ކޯސްތައްވެސް އަންނަނީ ހިންގަމުންނެވެ.

އެ އިންސްޓިޓިއުޓްއިން ހާމަކުަރައްވާފައިވާ ގޮތުގައި، 2 އަހަރުބައިން މަތީގެ ކުޑަކުދިންނަށް ޤުރުއާން އުނގަންނައިދޭ ކްލާސްތަކުގައި ކުދިން ބައިވެރިކުރުމުގެ ފުރުޞަތު އޮތީ ހުޅުވާލާފައެވެ.

އިންސްޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާއިން މި އޮގަސްޓް މަހުންފެށިގެން ކުރިޔަށް ގެންދާ ކްލާސްތަކާއި ކޯސްތަކުގެ ތެރޭގައި؛

  • ޤުރުއާ ހިތުދަސްކޮށްދޭ ޙިފްޡު ކުލާސް

  • ސްކޫލް މުޤައްރަރަށް ކިޔަވައިދޭ ކްލާސް

  • ބޮޑެތި މީހުންނަށް ޤުރުއާން ކިޔަވަން ދަސްކޮށްދޭ ކްލާސް

  • ޤިރާއަތު ކޯސް، ސެޓްފިކެޓް ލެވެލް 3،2،1 އަދި 4 ؛ ހިމެނެއެވެ.

    މި އޮގަސްޓް މަހުގެ 15 އިން ފެށިގެން އައު ބެޗްގެ ކޯސްތައް ފަށާއިރު، މިހާރުވެސް މިކޯސްތައް އެއިންސްޓިޓިއުޓްގައި ކުރިޔަށް ގެންދެއެވެ.

އިންސްޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާއިން މި ޕްރޮގްރާމްތައް ރާވާފައި ވަނީ، ދަރިވަރުންނާއި ކޯސްތަކުގައި ބައިވެރިވާ ބޮޑެތި މީހުންނަށްވެސް ފަސޭހަ ވާނެ ގޮތަށެވެ. އަދި އޮންލައިންކޮށާއި ކްލާސްތަކަށް ޙާޟިރުވެގެން ވެސް ކިޔެވޭނެއެވެ.

ކުލާސްތަކާއި ކޯސްތަކުގެ މައުލޫމާތު، އިންސްޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާގެ ފޭސްބުކް ޕޭޖުންނާއި އަދި ސޯޝަލް މީޑިއާ އެހެން ޕޭޖުތަކުގައި ފެންނަން ހުންނާނެއެވެ. އަދި 9669363އަށް ގުޅުއްވައިގެންވެސް މައުލޫމާތު ސާފު ކުރެއްވޭނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް