ރާއްޖެ

ގެއްލިގެން ހޯދަމުން ދިޔަ މީހަކު މޫދުއަޑީގައި މަރުވެފައި އޮއްވައިފެނިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގެއްލިގެން ހޯދަމުން ދިޔަ މީހަކު މޫދުއަޑީގައި މަރުވެފައި އޮއްވައިފެނިއްޖެ

ހދ. ކުޅުދުއްފުށި

ހދ ކުޅުދުއްފުށި ސިޓީގައި، ގެއްލިގެން ހޯދަމުންދިޔަ މީހަކު، އެރަށު ބޮޑަވަކިވާ ބީޗް މޫދު އަޑީގައި އޮއްވައި ފެނިފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ގެއްލިގެން ހޯދި އެމީހަކީ، އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ގެއްލިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، މިއަދު 13:48 އެހައިކަންހާއިރު ކަމަށާއި، އެމީހާ ހޯދުމަށް ކުރަމުން އައި މަސައްކަތުން އެމީހާ ފެނިފައި ވަނީ، 15:00 އެހައިކަންހާއިރު އެރަށު ބޮޑަވަކިވާ ބީޗް މޫދު އަޑިން ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާ މޫދުން ނަގައިގެން ކުޅުދުއްފުށީ ރީޖަނަލްހޮސްޕިޓަަލަށް ގެންގޮސްފައިވާ ކަމަށެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމުގައި ބައެއް ފަރާތްތަކުން މައުލޫމާތު ދީފައި ވީނަމަވެސް، އެކަން ފުލުހުން އަދި ޔަޤީންކޮށެއް ނުދެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ އެ ހާދިސާ ތަޙްޤީޤުކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް