Post banner
ރާއްޖެ

ގެއްލިގެން ހޯދާ މީހުންގެ ތެރެއިން އެކަކުވެސް އަދި ނުފެނޭ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގެއްލިގެން ހޯދާ މީހުންގެ ތެރެއިން އެކަކުވެސް އަދި ނުފެނޭ

ގެއްލިފައިވާ މީހުން، (ކަނާތުން ވާތަށް)، ޙަމްދޫން، ނާފިޢު، އަދި އިބްރާހީމް އަޙްމަދު ---

ކޮޅުމަޑުލު މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދިޔަ، ފްރެންޑް 4 މުދާ އުފުލާދޯނި، ދިޔަވެ އަޑިޔަށްދިޔަ ހާދިސާގައި، ގެއްލިފައިވާ މީހުންގެ ތެރެއިން އެއްވެސް މީހަކު މިހާތަނަށް ފެނިފާ ނުވާކަމުގައި މައުލޫމާތު ލިބިއްޖެއެވެ.

އެމީހުން ހޯދުމަށް ހިންގަމުންދާ އޮޕަރޭޝަނާއި ގުޅޭ ގޮތުން ސުވާލު ކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ، އެ އޮޕަރޭޝަނާއި ގުޅޭ އަޕްޑޭޓެއް ލިބުމުން ހިއްސާކޮށްލާނެ ކަމަށެވެ.

ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން، ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު) އާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި، ގއ. ވިލިގިލީ ޕޮލިސް ސްޓޭޝަންގައި ވަޒީފާއަދާކުރަމުން ދިޔަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސާޖަންޓު ޢަލީ ނާފިޢު (33އ) އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓު އިބްރާހީމް އަޙްމަދު (39އ) އެވެ.

ފްރެންޑް 4 ދޯނީގައި ދަތުރުކުރި 7 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

އެމްއެންޑީއެފުން އެންމެ ފަހުން ވިދާޅުވީ، ގެއްލިފައިވާ 3 މީހުން ހޯދުމަށްޓަކައި ސިފައިންނާއި ފުލުހުން ގުޅިގެން ދަނީ ހުއްޓުމެއްނެތި މަސައްކަތްކުރަމުން ކަމަށެވެ. މިގޮތުން ވައިގެ މަގުން ޔޫއޭވީއާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކޮށްގެން ހޯދުމުގެ މަސައްކަތް މިއަދުކޮށްފައި ވާއިރު، ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ އުޅަނދުފަހަރު ދަނީ ހޯދުމުގެ މަސައްކަތްކުރަމުން ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް