ހުޅަނގު އައްސޭރިން 800 ވުރެ ގިނަ ފަލަސްޠީނު އާއިލާ ގެދޮރުން ނެރެލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިޒްރޭލުގެ ވަޒަންވެރީންތަކެއް ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ މީހުންނާއި ކުރިމަތިލަނީ ---
ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި، އިޒްރޭލުގެ ވަޒަންވެރިން ދިން ހަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ 880 ވުރެ ގިނަ އާއިލާގެ ގެދޮރު ގެއްލިފައިވާ ކަމުގައި، އދ. އިން ބުނެފިއެވެ.
ޒަޔަނިސްޓުން ފަލަސްޠީނުގެ ބިންތައް ފޭރެމުން އަންނައިރު، ބައިނަލް އަޤުވާމީ ޤާނޫނުތަކާއި ޚިލާފަށް، އިޒްރާއީލުން އަންނަނީ ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް އިތުރުކޮށް މީހުން ވަޒަންވެރި ކުރުވަމުންނެވެ. އަދި ޔަހޫދީ ވަޒަންވެރިންވެސް އަންނަނީ، ފަލަސްޠީނުގެ ރައްޔިތުންނަށް ހަމަލާދީ އެމީހުންގެ ގޯތި ގެދޮރަށް ވެރިވެގަންނަމުންނެވެ.
އދ އިން ހާމަކޮށްފައިވާ ގޮތުގައި، އިޒްރާއީލުގެ ވަޒަންވެރީންގެ ހަމަލާތަކުގެ ސަބަބުން 4700 ވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފައެވެ. އަދި ހަމަލާތަކުގައި ތަކެއްޗާއި ގެދޮރު ހަލާކުވެ، ބައެއް މީހުންނަށްވެސް އަނިޔާވެފައިވާކަން އދ. އިން ފާހަގަކޮށްފައިވެއެވެ.
ހުޅަނގު އައްސޭރީގައި ޤާނޫނުތަކާއި ޚިލާފަށް އިޒްރާއީލުން ވަޒަންވެރިކުރުވަމުން އަންނަ މީހުން ފަލަސްޠީނުގެ ރައްޔިތުންނަށްދޭ ހަމަލާތައް އިތުރުވަމުން އަންނައިރު، އިޒްރޭލުން މިހާރު ވަނީ، ހުޅަނގު އައްސޭރީގެ ބިންތަކަކީ، އިޒްރާއީލުގެ ދައުލަތުލަތުގެ ބިންތަކެއް ކަމުގައިވެސް ކަނޑައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް