Post banner
ރަށްރަށުން

ކޮމަންޑޫ އަދި ފީވަކު ފެނަކައިން ގިނަ މުވައްޒަފުންތަކެއް ވަކިކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކޮމަންޑޫ އަދި ފީވަކު ފެނަކައިން ގިނަ މުވައްޒަފުންތަކެއް ވަކިކޮށްފި

ށ. ކޮމަންޑޫ ފެނަކަ ބުރާންޗުން 10 މުއައްޒަފަކު އަދި ފެނަކަ ފީވަކު ބުރާންޗުން 7 މުއައްޒަފަކު އެއްވެސް އިންޒާރަކާއި ނުލާ ވަކިކޮށްފައެވެ.

މިކަމާއި ގުޅިގެން މިދެރަށުގެ ކައުންސިލުން ވެސް ވަނީ ފެނަކައިގެ މިޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް،އެމުއައްޒަފުންގެ ވަޒީފާ އަލުން އިޔާދަކޮށް ދިނުމަށް ގޮވާލާ ނޫސްބަޔާން ނެރެފައެވެ.

ކުންފުނި ރައިޓް ސައިޒްކުރުމުގެ ނަމުގައި ގިނަ އަދަދެއްގެ މުއައްޒަފުން ވަކިކުރަމުން ދާއިރު ހއ މާރަންދޫ،ށ ފޯކައިދޫ،ކޮމަންޑޫ އަދި ފީވަކުން މިހާތަނަށް ޖުމްލަ 44 މުއައްޒަފަކު ވަކިކޮށްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

އިންތިޚާބުތަކާއި ދިމާކޮށް ވޯޓު ހޯދުމުގެ ބޭނުމުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ރަށްރަށުގައި ވަޒީފާތައް ބަހާލި ކަމަށާއި، އެކަށީގެންނުވާ ވަރަށް މުއައްޒަފުން ނެގުމަށްފަހު ސަރުކާރަށް ތާއީދު ނުކުރާ މުއައްޒަފުން ވަކި ކުރަމުން ދާކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ޚަބަރު ލިޔުނީ: ޙަސަން ސާތިޢު - ރަށުރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް