Post banner
ވިކުރާ

ގްރޭޓާ ބޭ އެއާލައިނުން ރާއްޖެއަށް ޗާޓަރު ދަތުރުތައް ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގްރޭޓާ ބޭ އެއާލައިނުން ރާއްޖެއަށް ޗާޓަރު ދަތުރުތައް ފަށައިފި

ގްރޭޓާ ބޭ އެއާލައިންސްގެ ފުރަތަމަ ފުލައިޓުން އައި ފަތުރުވެރިން -- ފޮޓޯ: އެމްއޭސީއެލް

ޗައިނާގެ ހޮންގްކޮންގްގެ ގްރޭޓާ ބޭ އެއާލައިންސް އިން ރާއްޖެއަށް އިއްޔެ ޗާޓަރު ދަތުރެއް އަޅައިފިއެވެ.

އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި، ގްރޭޓާ ބޭ އެއާލައިންސްގެ ޗާޓަރު ދަތުރުތައް ރާއްޖެއަށް ފެށުން ފާހަގަކުރުމުގެ ގޮތުން އެ އެއާލައިނުން އިއްޔެ ރާއްޖެ އައި ފުރަތަމަ މަތިންދާބޯޓު، އެޗްބީ2500 އަށް ވެލާނާ އެއާޕޯޓުން ވޯޓާ ސެލިއުޓެއް އެރުވިކަމަށެވެ. އަދި އެ އެއާލައިނުން ރާއްޖެ އައި 174 ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމުގައިވެސް އެމްއޭސީއެލްއިން ވިދާޅުވިއެވެ.

ގްރޭޓާ ބޭ އެއާލައިންސްގެ ޗާޓަރު ދަތުރުތަކުގެ ގޮތުގައި ކުރާނީ، ހޮންގްކޮންގް އިން ސީދާ މާލެއަށް,، ދުވާލަކު ދަތުރެކެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ ހަމަޖެހިފައިވަނީ ބޮއިންގް 737 މެކްސްގެ ފްލައިޓެއް ކަމުގައި އެމްއޭސީއެލްއިން ހާމަކުރައްވާފައި ވެއެވެ.

ގްރޭޓާ ބޭ އެއާލައިންސްއަކީ ހޮންގްކޮންގް އިން ސީދާ މާލެއަށް ދަތުރުތައް ފެށި ދެވަނަ އެއާލައިން ކަމުގައި އެމްއޭސީއެލްއިން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް