ދުނިޔެ

މަސައްކަތް ނުކުރާކަމަށް ބުނެ ޓްރަމްޕް، ހޯމް ސެކްރެޓަރީ މަޤާމުން ވަކިކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަސައްކަތް ނުކުރާކަމަށް ބުނެ ޓްރަމްޕް، ހޯމް ސެކްރެޓަރީ މަޤާމުން ވަކިކޮށްފި

ކްރިސްޓީން ނޯމް --

ޒިންމާތައް އަދާ ނުކުރެވޭކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާގެ ސެކްރެޓަރީ އޮފް ހޯމް ލޭންޑް އެންޑް ސެކިއުރިޓީ ކްރިސްޓީ ނޯމް މަޤާމުން ވަކިކުރައްވައިފިއެވެ.

އޭނާ މަޤާމުން ވަކިކުރެއްވިކަން ޓްރަމްޕް އިއުލާނުކުރެއްވީ، އޭނާގެ ޓްރުތު ސޯޝަލް އެކައުންޓްގައި ކުރެއްވި ޕޯސްޓުގައެވެ. ޓްރަމްޕް ވިދާޅުވީ، އެމެރިކާއަށް ބޭނުން ވަނީ، ޤާބިލް ހޯމްލޭންޑް ސެކިއުރިޓީއެއް ކަމަށެވެ. އެކަން ކުރުމުގެ ޤާބިލްތަކް ކްރިސްޓީ ނޯމްގެ ކިބައިގައި ނެތްކަން ދުވަހެއް ދުވަހަކަށް ދަނީ ހާމަވަމުން ކަމުގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ކްރިސްޓީ ނޯމް މަޤާމުން ވަކިކޮށްފައި މިވަނީ، އަންގާރަ ދުވަހު، އޭނާ ސެނެޓަށް ހާޟިރުކޮށް ބައެއް މައްސަލަތަކާއި ގުޅިގެން ސުވާލުކޮށްފައި ވަނިކޮށެވެ. އޭގެ ތެރޭގައި މިދިޔަ ހަފްތާ ބަންދުގެ ތެރޭގައި ޓެކްސަސްގެ ބާއެއްގެ ތެރޭގައި ހިނގި ބަޑިޖެހުމުގެ ހާދިސާ އާއި، މިހާރު ކުރިޔަށްދާ ހަނގުރާމަ އާއި ގުޅިގެން އެމެރިކާގެ އެތެރޭގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ގޮތުން ކުރި ސުވާލުތައް ހިމެނެއެެވެ،

ކްރިސްޓީން ނޯމް އެމެރިކާގެ ހޯމް ލޭންޑް ސެކްރެޓަރީކަމުގެ މަޤާމަށް ޢައްޔަނުކުރެއްވީ 25 ޖެނުއަރީ 2025 ގައެވެ.

ޓްރަމްޕް ވިދާޅުވީ، ދެން އެމަޤާމަށް ޢައްޔަނުކުރައްވަނީ، ސެނެޓްގައި އޮކްލޮހާމާގެ ގޮނޑި ފުރުއްވަމުން ގެންދަވާ މާކްވޭން މުލީން ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް