Post banner
ރާއްޖެ

​މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީބޯޓެއް ތޮށި މައްޗަށް ލައްވެ ފުނޑުފުނޑުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

​މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީބޯޓެއް ތޮށި މައްޗަށް ލައްވެ ފުނޑުފުނޑުވެއްޖެ

މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީ ބޯޓެއް މާފުށީ ބޭރުތޮއްޓަށް ލައްވެ މުޅިން ފުނޑުފުނޑުވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 9:00 ހާއިރު މާލެއަތޮޅަށް ޖެހުނު ކޮޅިގަނޑުގައެވެ.

ސަފާރީ ބޯޓު ތޮށިމައްޗަށް ލައްވީ، ވައިގަދަވެ ކަނޑުގަދަވުމާއި ގުޅިގެން އެ އުޅަނދުގެ ނަގިލިތައް ކަހާލައިގެންނެވެ.

މާފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ، ހާދިސާގެ ރިޕޯޓު ލިބުމާއި އެކު އެ އުޅަނދު ސަލާމަތް ކުރެވޭތޯ ފުލުހުންނާއި ކައުންސިލްގެ މުވައްޒަފުންވެސް ދިޔަ ކަމަށެވެ. އެހެންނަމަވެސް އެއުޅަނދު ތޮށިމައްޗަށް ލައްވެ ފުނޑުފުނޑުވެގެން ދިޔައީ ކުޑަހިނދުކޮޅެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް