ރާއްޖެ

ފަތާ ޓްރެކްގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެވިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފަތާ ޓްރެކްގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެވިއްޖެ

ސ. ހިތަދޫ ފަތާ ޓްރެކް ---

ހަވީރު އައްޑޫ ސިޓީ، ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވައި ފެނުނު މީހާއަކީ، ކާކުކަން ދެނެވިއްޖެ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަރުވެފައި އޮއްވައި ފެނުނު އެމީހާއަކީ، އުމުރުން 60 އަހަރުގެ އޮސްޓްރޭލިއާ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން ކަން ފުލުހުންނަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އޭނާއަކީ، އަކީ ވޯކް ވިސާގެ ދަށުން ދިވެހިރާއްޖޭގައި އުޅެމުންދިޔަ މީހެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މަރުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޑެނިއަލް ޑީ ޖިއޮވީން ސ. ހިތަދޫ ފަތާޓްރެކް ގެ މޫދު ތެރޭގައި މަރުވެފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ހުކުރު ދުވަހުގެ ހަވީރު 16:41 ހާއިރު ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. އެމީހާގެ ހަށިގަނޑު މިވަގުތު އޮތީ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް