ޚިޔާލު ހޯދުމުގެ ވޯޓު ހުއްޓުވުމުގެ ވަގުތީ އަމުރަަކަށް އެދިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެމްޑީޕީގެ އިސްބޭފުޅުން ---
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލައިގެން ބޭއްވުމަށް، އާއްމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ނިންމައި، ރައީސުލްޖުމްހޫރިއްޔާ ނެރުއްވި، ޤަރާރަކީ، ޤާނޫނު އަސާސީގައި ބުނާ ޝަރުޠުތައް ފުރިހަމަވާ ޤަރާރެއް ނޫންކަމުގައި ބުނެ، ޚިޔާލު ހޯދުމުގެ ވޯޓު ހުއްޓުވުމަށް އިދިކޮޅު ޕާޓީ އެމްޑީޕީން ހައިކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.
އެމައްސަލައިގައި ވަނީ، ކޯޓުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށްވެސް އެދިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރަކީ، ޤާނޫނުގައި ބުނާ ޝަރުޠުތައް ފުރިހަމަ ނުވާ ޤަރާރެއް ކަމުގައި، އެމްޑީޕީން ބުނެފައި ވަނީ، ޚިޔާލު ހޯދުމުގެ ވޯޓުގެ މައުލޫމާތު ކަރުދާހުގައި އެކަމާއި ގުޅޭ ހުއްޖަތްތައް ބަޔާންކޮށްފައި ނެތުމެވެ. ޤަރާރުގެ މައުލޫމާތު ކަރުދާހުގައި އެ ޚިޔާލު ހޯދުމުގެ ވޯޓަކަށް އަހަންޖެހޭ ހުއްޖަތްތައް ބަޔާން ކުރުމަކީ، ޤާނޫނުން ލާޒިމްކޮށްފައިވާ ކަމެކެވެ.
އެމްޑީޕީން ހައިކޯޓަށް މައްސަލަ ހުށައަޅާފައި ވީނަމަވެސް، އެ މައްސަލަ ބަލައިގަތުމާއި މެދު ކޯޓުން އަދި ގޮތެއް ނުނިންމައެވެ.
އެމްޑީޕީން ވަނީ، ޚިޔާލު ހޯދުމުގެ އާއްމު ވޯޓާއި ދެކޮޅު ހެދުމުގެ ގޮތުން، އީދު ތެރޭގައި މުޒާހަރާކުރުމަށް ވެސް ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް