އެމްޕީއެލްގެ އެމްޑީ ރިޝްވާން އިސްތިއުފާ ދެއްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މުޙައްމަދު ރިޝްވާން ---
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ހ. ހަބަރުގެ، ޑީ.ސީ.ޕީ (ރިޓަޔާރޑް) މުޙައްމަދު ރިޝްވާން އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ވިދާޅުވީ، ރިޝްވާން އިސްތިއުފާ ހުށައަޅުއްވާފައި ވަނީ މިއަދުކަމަށާއި، އޭނާގެ އިސްތިއުފާ ޤަބޫލުކޮށް މިހާރު ރިޝްވާން އެމަޤާމުން ވަކިކޮށްފައި ވާކަމަށެވެ.
ރިޝްވާން މަޤާމުން އިސްތިޢުފާ ދެއްވީ އޭނާ އެމަޤާމުން އިސްތިއުފާ ދެއްވުމަށް ސަރުކާރުން އަންގަވައިގެން ކަމުގައި ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ.
ކައުންސިލް އިންތިޚާބާއި، ޚިޔާލު ހޯދުމުގެ ވޯޓަށްފަހު، ސަރުކާރުގެ ބައެއް މަޤާމުތަކަށް ބަދަލުތައް ވަނީ ގެނެސްފައެވެ.
ރިޝްވާން އިސްތިއުފާ ދެއްވި އިރު، ސަރުކާރުގެ އިތުރު ދެކުންފުންޏެއް މެނޭޖިންގ ޑައިރެކްޓަރުން މިއަދު ވަނީ މަޤާމުންވެސް ވަކިކުރައްވާފައެވެ. އޭގެތެރެއިން އެންމެ ފުރަތަމަ ވަކިކުރެއްވީ ފެނަކަ ކުންފުނީގެ އެމްޑީ ނަޖާހެވެ. އޭގެ ފަހުން ވަނީ އެގްރޯނެޓްގެ އެމްޑީ ޙުސައިން ދީދީވެސް މަޤާމުން ވަކިކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް