Post banner
ރާއްޖެ

ބައެއް މީހުން ފައިސާ ދައްކައި ދިރިއުޅެން ފެށި ފަހުން ފްލެޓްތަކުގެ އެޑްވާންސް ޕޭމެންޓް ދެބައިކުޅަ އެއްބައި ކުޑަކޮށްދީފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބައެއް މީހުން ފައިސާ ދައްކައި ދިރިއުޅެން ފެށި ފަހުން ފްލެޓްތަކުގެ އެޑްވާންސް ޕޭމެންޓް ދެބައިކުޅަ އެއްބައި ކުޑަކޮށްދީފި

ހުޅުމާލެ ފޭސް 2ގައި އަޅާފައިވާ ފްލެޓްތައް ---

ބައެއް މީހުން ފައިސާ ދައްކައި ދިރިއުޅެން ފެށި ފަހުން ފަހިދިރިއުޅުން ފްލެޓްތަކުގެ އެޑްވާންސް ޕޭމެންޓާއި ކުލި ދެބައިކުޅަ އެއްބައި ކުޑަކޮށްދީފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކު ބާއްވަމުން ގެންދަވާ ބައްދަލުކުރެއްވުންތަކުގައި ފްލެޓްތަކުގެ ކުލިކުޑަކޮށްދެއްވުމަށާއި، އެޑްވާސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު ކުޑަކޮށްދެއްވުމަށް ރައްޔިތުން އައީ އެދެމުންނެވެ. އެ އެދުމާއި އެގޮތަށް ދެވެން އޮތް އެންމެ ބޮޑު ލުޔެއް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ނިންމެވުމާއި އެއްގޮތަށް ފްލެޓްތަކުގެ ކުލިތައް އަދި އެޑްވާންސް ޕޭމެންޓްގެ ގޮތުގައި ކުޑަކުރަންޖެހޭ އަދަދަށް ގެންނެވި ބަދަލުތައް ސަރުކާރުން މިއަދު ވަނީ ހާމަކުރައްވާފައެވެ.

ގެންނެވި ބަދަލުތައް؛

2 ކޮޓަރީގެ ފްލެޓް

15000ރ ގެ އެޑްވާންސް ޕޭމެންޓް، 6000ރ އަށް ވަނީ ކުޑަކުރައްވާފައި

7500ރ ގެ މަހުކުލި، 6000ރ އަށް ވަނީ ކުޑަކުރައްވާފައި

3 ކޮޓަރީގެ ފްލެޓް

25000ރ ގެ އެޑްވާންސް ޕޭމެންޓް، 8500ރ އަށް ކުޑަކުރައްވާފައި

10000ރ ގެ މަހުކުލި، 8500ރ އަށް ކުޑަކުރައްވާފައި.

އެޑްވާންސް ޕޭމެންޓާއި މަހުކުލި ކުޑަކޮށްދެއްވާފައިވީ ނަމަވެސް، މެއިންޓަނަންސް ފީތަކަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މިގޮތުން 2 ކޮޓަރީގެ ފްލެޓްތަކަށް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައިމަހަކު 1000ރ ދައްކަން ޖެހޭއިރު، ތިންކޮޓަރީގެ ފްލެޓްތަކަށް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 1500ރ ދައްކަންޖެހޭނެއެވެ. މިއާއެކު ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ދެކޮޓަރީގެ ފްލެޓްތައް ލިބިފައިވާ ފަރާތްތަކުން މަހަކު 7000ރ އަދި 3 ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކުން މަހަކު 10000ރ ދައްކަން ޖެހޭނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް