ކުއްލި ޚަބަރު: މާލެ އަތޮޅު ތެރެއިން ކޮޅުވެއްޓިއެއް އަޑިޔަށްގޮސް ދެމީހަކު ކަނޑަށް ގެއްްލިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މީގެ ކުރިން ކާޅުވެއްޓިއެއް ބަނޑުން ޖަހާލި ހާދިސާއެއް —- ފޮޓޯ: ރައްޔިތުންގެ ނޫސް އާކައިވް
މާލެ އަތޮޅު ތެރެއިން ކޮޅުވެއްޓިއެއް އަޑިޔަށް ގޮސް ދެ މީހަކު ކަނޑަށް ގެއްލިއްޖެއެވެ.
ފުލުހުންގެ އިދާރާިން ވިދާޅުވީ ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ދިޔަވެ ކ. ގާފަރު ކައިރިއަށް އަޑިއަށްދާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 08:48 އެހައިކަންހާއިރު ކަމަށެވެ.
މި ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރެއިން 8 މީހަކު މިހާތަނަށް ފެނިފައިވާއިރު، ގެއްލިފައިވާ ބާކީ 2 މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
މި ކޮޅުވެއްޓިން ދަތުރުކުރީ 9 ބިދޭސީންނާއި ދިވެއްސެއް ކަމަށް މައުލޫމާތު ލިބެއެވެ.
ރާއްޖެއަށް ވަރަށް ބޮޑަށް މޫސުމް ގޯސްވެފައިވާތީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް