Post banner
ރާއްޖެ

މީގެ 2 އަހަރު ކުރިން ކޮށްފައިވާ ޓްވީޓެއްގެ މައްސަލަ ބަލަން ތައްޔިބު ޝަހީމް އަލުން ފުލުހަށް ހާޟިރުކުރަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މީގެ 2 އަހަރު ކުރިން ކޮށްފައިވާ ޓްވީޓެއްގެ މައްސަލަ ބަލަން ތައްޔިބު ޝަހީމް އަލުން ފުލުހަށް ހާޟިރުކުރަނީ

ފުލުހުންގެ އިދާރާ --

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި މިހާރު، އޮންލައިން ނޫސް އެޓޯލް ޕްރެސްގެ އެޑިޓަރު ޠައްޔިބު ޝަހީމް މީގެ 2 އަހަރު ކުރިން ކޮށްފައިވާ ޓްވީޓެއްގެ މައްސަލައިގައި ދެވަނަ ފަހަރަށް، ބަޔާން ނަގަން މިއަދު ފުލުހުންގެ އިދާރާއަށް ހާޟިރުވާން އަންގައިފިއެވެ.

އޭނާ ފުލުހުންގެ އިދާރާއަށް ޙާޟިރުވާން އަންގާފައި ވަނީ، މިއަދުގެ މެންދުރުފަހު 2:00އަށެވެ.

ތައްޔިބު ޝަހީމް އަލުން ބަޔާން ނަގަށް ހާޟިރު ކުރަނީ، ކުރިން އޭނާގެ މައްޗަށްކޮށްފައިވާ ތުހުމަތުތަކަށް އިތުރު ތުހުމަތުތަކެއްކޮށް އެކަންކަމާއި ގުޅޭ ގޮތުންކަމުގައި އޭނާގެ ފަރާތުން ހާމަކޮށްފައި ވެއެވެ.

ޠައްޔިބު ޝަހީމް ކުރި އެޓްވީޓަކީ، ރައީސް ޔާމީން ވެރިކަމުގެ ދުވަސްވަރު ކޯޓު އަމުރެއްގެ ދަށުން އެމަނިކުފާނު ހައްޔަރުކުރުމަށް ބަޔަކު މަސައްކަތް ކުރިކަމަށް ބުނެ، ތައްޔާރުކޮށްފައިވާ ފުލުހުންގެ ސިއްރު ރިޕޯޓެއްކަމަށް ބުނާ ރިޕޯޓެއް ހާމަކޮށް ކޮށްފައިވާ ޓްވީޓެކެވެ. އެރިޕޯޓަކީ، ބަދަލު ގެނެސްފައިވާ، ޞައްޙަ ނޫން ރިޕޯޓެއް ކަމަށް ފުލުހުން ތުހުމަތުކޮށްފައި ވެއެވެ.

ފުލުހުންގެ ފަރާތުން ތައްޔިބަށް ފޮނުވާފައިވާ، ޗިޓުގައި އޭނާއަށް ތުހުމަތުކުރާ ކަންކަމުގެ ތަފްސީލްގެ ގޮތުގައި ހިމަނާފައި ވަނީ، 2016 ފެބުރުއަރީ 07 ވަނަ ދުވަހު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޙައްޔަރުކުރުމަށް، ސައްޙަނޫން ކޯޓު އަމުރެއް ނެރުމާއި ގުޅޭ ގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކޮށްފައިވާ ޚުލާސާ ރިޕޯޓެއް ކަމަށް ބުނެ ޞައްޙަ ނޫން ރިޕޯޓެއް ޢާއްމުކޮށްފައިވާ މައްސަލަ ކަމަށެވެ. އެރިޕޯޓް ތައްޔިބު ޝަހީމްގެ އެކްސް އެކައުންޓްގައި ޕޯސްޓްކޮށްފައި ވަނީ، މީގެ 2 އަހަރު ކުރިން، 2024 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 21 ވަނަ ދުވަހުގެ ރޭގައެވެ.

މީގެ ކުރިންވެސް މިޓްވީޓްގެ މައްސަލަގައި ފުލުހުން ތައްޔިބު ހާޟިރުކޮށް ބަޔާން ނެގިއެވެ. މިއަދު އޭނާ އަލުން ފުލުހުންގެ އިދާރާއަށް ޙާޟިރުކުރާއިރު، ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ދަށުން ގިނަ ތުހުމަތުތަކެއް އޭނާގެ މައްޗަށް ކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް