classified
ރާއްޖެ

ޗައިނާގެ ފަތުރުވެރިއަކު އޮޔާސް ގޮސް ކަނޑުމަތީގައި އޮއްވައި ފެނުނީ ފުލުހުންނަށް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޗައިނާގެ ފަތުރުވެރިއަކު އޮޔާސް ގޮސް ކަނޑުމަތީގައި އޮއްވައި ފެނުނީ ފުލުހުންނަށް

މެރިން ޕޮލިސްގެ ލޯންޗެއް ---

ކ. އަތޮޅު ރިސޯޓަކުން ސްނޯކްލިންގަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާދިޔަ ޗައިނާ ގެ ފަތުރުވެރިއަކު ފުލުހުންނަށް ކަނޑުމަތިން ފެނިގެން ސަލާމަތްކޮށްފިއެވެ.

އެމީހާ ގެއްލިގެން އެއްވެސް ރިޕޯޓެއް ކޮށްފައި ނުވަނީސް، އެމީހާ ފުލުހުންނަށް ފެނުނީ، ފުލުހުންގެ ލޯންޗެއް މާލެއިން ފުރައިގެން ދ. ވާނީއަށް ދަތުރުކުރަމުން ދަނިކޮށެވެ.

ފުލުުހުންގެ އިދާރާއިން ވިދާޅުވީ، ، މާލެއިން ދ. ވާނީއަށް ދަތުރުކުރަމުންދިޔަ ފުލުހުންގެ "ލޯންޗް 54" އަށް އެމީހާ ކަނޑުމަތިން އޮޔާދަނިކޮށް ފެނުނީ، ބުދަ ދުވަހުގެ މެންދުރު ފަހު 14:26 ހާއިރުގައި ކަމަށެވެ. އަދި އެމީހާ ފެނުމާއި އެކު ކަނޑުމަތިން ނަގައި ސަލާމަތްކޮށްގެން އަނބުރާ ރިސޯޓަށް ގެންގޮސްދީފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، ކަނޑުމަތިން އެމީހާ ނެގި އިރު ހާލު ރަނގަޅު ކަމަށެވެ.

ރާއްޖޭގެ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިން މަރުވުމާއި ގެއްލުމުގެ ހާދިސާތައް އެންމެ ގިނައިން ހިނގަނީ ފީނަން އުޅުމުގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް