Post banner
ދުނިޔެ

ނިޕާ ވައިރަސް ދުނިޔެއަށް ފެތުރިގެން ދިޔުމުގެ ފުރުޞަތު ކުޑަ: ޑަބުލިޔުއެޗްއޯ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ނިޕާ ވައިރަސް ދުނިޔެއަށް ފެތުރިގެން ދިޔުމުގެ ފުރުޞަތު ކުޑަ: ޑަބުލިޔުއެޗްއޯ

ނިޕާ ވައިރަހާއި ދެކޮޅަށް އިންޑިއާއިން ކުރާ މަސައްކަތްތަތަކުގެ ތެރެއިން -- ފޮޓޯ: ޓައިމްސް އޮފް އިންޑިއާ

ޖެނުއަރީމަހު އިންޑިއާގެ ވެސްޓް ބެންގާލް އިން ނިޕާ ވައިރަސް ފެނި ކަންބޮޑުވުންތައް އިތުރުވެފައި ވާއިރު، އެބަލި ދުނިޔެއަށް ފެތުރު ޕެންޑަމިކް ހާލަތަށް ދިޔުމުގެ ފުރުޞަތު ވަރަށް ކުޑަ ކަމުގައި ޑަބުލިޔުއެޗްއޯއިން ބުނެފިއެވެ.

ހުކުރު ދުވަހު ޑަބްލިޔުއެޗްއޯއިން ހާމަކޮށްފައިވާ ގޮތުގައި، ވައިރަސް ކޮންޓްރޯލް ކުރުމަށް އިންޑިއާއިން ވަނީ ހަރުދަނާ އަދި އެކަށޭނަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި އެ ވައިރަހާއި ފެތުރުން ހުއްޓުވުމާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ތަޖުރިބާ އާއި ޤާބިލުކަން އިންޑިއާއަށް ލިބިގެންވާ ކަމަށާއި، އެހެންކަމުން އެވައިރަސް ދުނިޔެއަށް ފެތުރިގެން ދިޔުމުގެ ފުރުޞަތު ކުޑަކަމުގައިވެސް ޑަބްލިޔުއެޗްއޯއިން ވަނީ ހާމަކޮށްފައެވެ.

މިހާތަނަށް އިންޑިއާއިން ނިޕާވައިރަހަށް ޕޮޒިޓިވް ވެފައި ވަނީ 2 މީހުންނެވެ. އަދި އިތުރުކޭސްތަކެއް ނުފެންނަ ކަމަށާއި، އެހެން ބަލިޖެހުނު މީހުންނާއި އެއްތާވީ 196 މީހަކު ދެނެގަނެ އެމީހުންގެ ސާމްޕަލް ނަގައި ކުރި ޓެސްޓްތައްވެސް ނެގެޓިވްވެފައިވާ ކަމުގައި އިންޑިއާގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

ނިޕާ ވައިރަސް ޖެހުމުގެ ސަބަބުން މިހާރު ފަރުވާދެމުން އަންނަ ދެމީހުންނަކީ، ޑިސެމްބަރު މަހުގެ ފަހުކޮޅު ބަލިޖެހުނު ކަމަށް ބެލެވޭ ދެމީހުންނެވެ. އެއީ ވެސްޓް ބެންގާލްގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ދެ ނަރުހުންނެވެ. އޭގެ ތެރެއިން އެކަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނައިރު، އަނެއް މީހާގެ ހާލު ރަނގަޅުަމުން އަންނަ ކަމުގައި އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

ނިޕާވައިރަހަކީ، ވާލުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ވައިރަހެކެވެ. ރޯގާގެ އަލާމާތްތައް ފެންނަ މިބަލި އިންސާނުގެ ތެރޭގައި ފެތުރެނީ ބަލިޖެހިފައިވާ މީހަކާއި އެކު ގިނައިރު ގައިގޯޅިވެ އުޅުމުންނެވެ.

2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، 14 އަހަރުގެ ފިރިހެން ކުއްޖަކު ނިޕާވައިރަސް ޖެހިގެން މަރުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް