ގޭހުގެ އަގަށް ބަދަލު ގެނައުމަށް މޯލްޑިވް ގޭސްއިން މަޝްވަރާ ކުރަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މޯލްޑިވް ގޭސް ފުޅި ޑެލިވަރީ ކުރުން - ފޮޓޯ: ރައްޔިތުންގެ ނޫސް
ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާތީ ގޭހުގެ އަގަށް ބަދަލު ގެނަައުމާއި ގުޅޭ ގޮތުން މަޝްވަރާކުރަމުންދާކަމުގައި މޯލްޑިވްސް ގޭހުން ވިދާޅުވެއްޖެއެވެ.
މޯލްޑިވް ގޭހުގެ އެމްޑީ ޢަބްދުﷲ މުހައްމަދު ވިދާޅުވީ، ގޭސް ވިއްކާއަގަށް ބަދަލު ގެނައުމަަށް މިހާތަނަށް އަދި ނިންމާފައި ނުވާކަމަށާއި އެހެންނަމަވެސް އެކަމާއި ގުޅޭ މަޝްވަރާކުރުމަށް ކުންފުނީގެ ވެރިންގެ ބައްދުވުމެއް މިވަގުތު ކުރިޔަށްދާކަމަށެވެ. އަދި މޯލްޑިވް ގޭހުން އަގުތަކަށް ބަދަލު ގެނައުމަށް ނިންމާނަމަ އެކަން އިޢުލާނު ކުރާނެކަމުގައިވެސް ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެެވެ. އޭނާ އިތުރަށް ވިދާޅުވީ މޯލްޑިވްގޭހަށް ސަޕްލަޔަރުންގެ އަތުން ގޭސް ގަންނަން ލިބޭ އަގު %70 ވުރެ ބޮޑުވެފައިވާ ކަމަށެވެ.
ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު މިހާރުވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. ޚާއްސަކޮށް އޭޝިއާގެ ޤައުމުތަކަށް ގޭހުގެ ދަތިކަން ވަރަށް ބޮޑުވެފައި ވެއެވެ.
ރާއްޖޭގައި ކައްކާގޭސް ވިއްކާ ވިލާ ހަކަތައިން ވަނީ ބުރާސްފަތި ދުވަހުން ފެށިގެން އެކުންފުނިން ވިއްކާ ގޭހުގެ އަގު ބޮޑުކުރުމަށް ނިންމާފައިވާކަން ކަސްޓަމަރުންނަށް އަންގާފައެވެ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް