Post banner
ރާއްޖެ

އަލަށް މީހުން ދިރިއުޅެން ފެށި ފްލެޓްތަކުގައި ކުނި މެނޭޖު ކުރުމުގެ އިންތިޒާމެއް ނެތް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އަލަށް މީހުން ދިރިއުޅެން ފެށި ފްލެޓްތަކުގައި ކުނި މެނޭޖު ކުރުމުގެ އިންތިޒާމެއް ނެތް

ފްލެޓްތަކުން ނެރޭ ބަދިގެ ކުނި ޖަމާކޮށްފައި ހުރިތައް --- ފޮޓޯ: ކިޔުންތެރިއެއް

ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށް އަލަށް މީހުން ދިރިއުޅެން ފެށި، އެފްޑީސީގެ ފްލެޓްތަކުގައި ކުނި މެނޭޖްކުރެވޭނެ ގޮތެއް ނެތި އާއްމުންގެ ޝަކުވާ ބޮޑުވެއްޖެއެވެ.

އާއްމުންގެ ފަރާތުން "ރައްޔިތުންގެ ނޫހަށް" މައުލޫމާތު ހިއްސާކުރި ފަރާތުން ބުނީ، ދޯދި 9 އަދި 10 ކައިރިއަށް ގިނަ އަދަދެއްގެ ކުނިތައް ޖަމާކޮށްފައި ވާއިރު، ފްލެޓްގެ މައިދޮރުން ވަދެ ނުކުތުމަށްވެސް ދަތިވެފައި ވާކަމަށެވެ.

މީގެ އިތުރުން ބަދިގެ ކުނި އެޅުމަށް ޚާއްސަކޮށްފައި އޭރިޔާގައި ޑަސްބިންއެއް ވެސް ނެތް އިރު މުޅި ސަރަހައްދަށް އޮތީ ނުބައިވަސް ފެތުރިފައެވެ. މީގެ އިތުރުން ފްލެޓްތައް ހެދުމުގެ މަސައްކަތުގައި އުފެދޭ ކުނި އެޅުމަށް ޚާއްޞަކޮށްފައިވާ ސަރަހައްދުތަކަށްވެސް ބައެއް މީހުން، ބަދިގެ ކުނި އަޅާފައި ވުމުން އެތަންތަނުގައިވެސް ފުޅައަޅައި ނުބައިވަސް ވަނީ ފެތުރިފައެވެ.

ރައްޔިތުންގެ ޝަކުވާއަކީ، ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައި ވާއިރު، ދުވަހުން ދުވަހަށް ބަދިގެ ކުންޏާއި އެހެނިހެން ކުނިތައް އުކާނުލެވި، މުޅި ސަރަހައްދަށް ނުބައިވަސް ފެތުރި ތަޣައްޔަރު ވަމުން ދިޔުމެވެ. އަދި މިކަމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުންވެސް އާއްމުން ވަނީ ފާހަގަކޮށްފައެވެ.

Uploaded image

މީގެ އިތުރުން އެފްޑީސީގެ ފްލެޓެއްގެ ކައިރީގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވުމުގެ ހާދިސާއެއްވެސް މިދިޔަ ހަފްތާގައި ވަނީ ހިނގާފައެވެ. އެހާދިސާގައި އެ އިމާރާތަށްވެސް ގެއްލުންތައް ލިބުނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް