އޭސީ އައުޓްޑޯ ޔުނިޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ހިޔާގެ 5 ވަނަ ޓަވަރުގައި ދިރިއުޅޭ މީހުން ބޭރުގައި --- ފޮޓޯ: ރައްޔިތުންގެ ނޫސް
ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާގެ 5 ވަނަ ޓަވަރުގެ އޭސީ އައުޓްޑޯރ ޔުނިޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އަލިފާނުގެ މިހާދިސާ ހިނގާފައި ވަނީ މިއަދު އިރުއޮއްސުނު ވަގުތުގައެވެ. ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން އެ ޓަވަރުން މީހުން ނެރެ ހުސްކޮށްފައެވެ.
މިހާދިސާ އާއި ގުޅިގެން އެޓަވަރުގެ ހުރިހާ ފްލޯއެއްގެވެސް 5 ވަނަ އެޕާޓްމެންޓުގެ ހޮޅިލައިންތަކަށް ވަނީ ގެއްލުން ލިބިފައި ކަމުގައި މައުލޫމާތު ލިބިފައި ވެއެވެ. އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، އެ ޓަވަރުގެ 14 ވަނަ ފްލޯގެ 5 ވަނަ އެޕާޓްމެންޓާއި ހިސާބުގައި ވައިގޮޅިތެރޭގައި ހުރި އޭސީ އައުޓްޑޯރ ޔުނިޓެއްގައި ރޯވެގެންނެވެ.
މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ނުލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް