ރާއްޖެ

ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި

ފުލުހުންގެ އިދާރާ

ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ ޒަޚަވެފައިވާ މީހަކީ، ބަނގުލަދޭޝްއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނެކެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި އޭޕްރީލް 17 ވަނަ ދުވަހުގެ ރޭ ދަންވަރު 01:08 އެހައިކަންހާއިރުކަމަށެވެ.

އޭނާގެ ކަރަށް ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައިވާ ކަމަށާއި އޭނާއަށް ހަމަލާދީފައި ވަނީ، ކަރަންކާ މަގުގައި ހުއްޓައި ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޭނާއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވިފައި ވަނީވެސް ބަނގުލަދޭޝް މީހެއް ކަމަށާއި، ރޭ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި މީހާއަކީ، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަންތަރު މުއްލާ (28އ) ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމައްސަލަ ތަޙްޤީޤުކުރަމުންދާކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް